ރައީސް ޔާމީންގެ އެންމެ އަރިސް އަދި އެންމެ އިތުބާރު ކުރައްވާ މިތުރު އަހުމަދު މުސްތަފާގެ އަރިހުން ޕީއެންސީގެ ރައީސް އަދުރޭ އެންމެ ފަހުން މައާފަށް އެދިވަޑައިގެންފި އެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް އަތުން ފައިސާ ނަނގާފައިވާކަން ފަޅާ އަރާފައިވާ އަދުރޭ ކުޑަކަކުލަށް ތިރިވެ މުސްތަފާގެ އަރިހުން މާފަށް އެދިފައި ވީނަމަވެސް މުސްތަފާ ވިދާޅުވެފައި ވަނީ އަދުރޭ އަކީ މަކަރާ ޖަހައިގެން ދުނިޔޭގައި އުޅޭ މީހެއް ކަމަށާއި އަދުރޭ މަސައްކަތް ކުރަމުން ގެންދަނީ ރައީސް ޔާމިން ޖަލަށް ލުމަށް ކަމަށެވެ.
“ މުސްތަފާ ވިދާޅުވީ އަދުރޭ އާއި ޒާތީ އެއްވެސް ކަމެއް ނެތް ކަމަށް. އެހެންނަމަވެސް އަދުރޭ އަކީ ރައީސް ޔާމީނު ޖަލަށް ލުމަށް ގާސިމާއި ގުޅިގެން މަސައްކަތް ކުރާ އަޑި ނުބައި މީހެއް ކަމަށް.“ ނަން ނުޖެހުމަށް ސަރުތުކޮށް އޭނާ ކިޔައިދިނެވެ.
ރައީސް ޔާމީން އެންމެ ގާތް މަގާމް އަދި ހަޒާންދާރުގެ ގޮތުގައި ހުންނަވާ އަހުމަދު މުސްތަފާ ގެންދަވަނީ އަދުރޭ އަށް ހުތުރު ބަހުން ސޯސިއަލް މީޑިޔާގައި ބަހުގެ ހަމަލާތަކެއް ދެއްވަމުން ނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރިޔާސީގަނޑުވަރުގެ ޗީފް އޮފް ސްޓާރފްކަން ކުރައްވާފައިވާ މުސްތަފާއަކީ ރައީސް ޔާމީންގެ ސިއްރުވެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ފަރާތެވެ.
ފައްޔާޒު ބޭންކުން ތިން މިލިޔަން ރުފިޔާގެ ލޯނާއި ގާސިމް އަތުން ފައިސާ ނަނގާފައިވާކަން ރައީސް ޔާމީނަށް ފަޅާ އެރުމުގެ އިތުރުން ރައީސް ޔާމީން ހުތުރު ބަހުން އަގުރާނަ ގޮވި އޯޑިޔޯތައް ވެސް ރައީސް ޔާމީނަށް މީގެ ކުރިން ލިބިވަޑައިގެންފައި ވެއެވެ. އެފަހަރު ވެސް އަލުން އަދުރޭ ޕާޓީގައި ހަރަކާތްތެރިވުމުގެ ފުރުސަތު ދީފައި ވަނީ ރޮއެ ހޭރި އާދޭސް ކުރުމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ވެސް އަދުރޭ ގިނަ ވަގުތު ހޭދަ ކުރަނީ ގާސިމާއި ފައްޔާޒު އަތުން ނެނގި ލާރިން އޭނާގެ ރަށުގައި އަމިއްލަ ވިޔަފާރި ބިނާ ކުރެވޭތޯ އެވެ.