މާލޭގެ އަމީނީ މަގުގައި ތާރު އަޅަނީ.
ދެންމެ | 18 މެއި 2022

މާލޭގެ އަމީނީ މަގުގައި ތާރު އަޅަން ތައްޔާރުވެފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަނޓް ކޯޕަރޭޝަނުން ބުނެފިއެވެ.

މިކަން ހާމަ ކުރައްވާފައިވަނީ، ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މޫސާ ޢަލީ މަނިކެވެ. މޫސާ ޢަލީމަނިކު ރޭ ވިދާޅުވީ، ކުރިން ޕްލޭންކޮށްފައިވާ ޕްލޭނަށް ބޮޑެތި ބަދަލު ތަކެއް ގެނެސް އަލުން އެ މަސައްކަތް ފަށަން މިހާރު ވަނީ ތައްޔާރު ވެފައިކަމަށެވެ.

އޭނާ ވިދާޅުވީ، ޕްލޭނަށް ގެނެވުނު ބަދަލާއެކު އަމީނީ މަގުގައިވެސް ތާރު އެޅުމަށް ތައްޔާރުވަމުން އަންނަކަމަށާއި އެ މަގުގައި 10.2 މީޓަރު ފުޅާމިނަށް ތާރު އަޅަން އޮތީ ހަމަޖެހިފައިކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ”މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް“ގެ ދަށުން މާލޭގެ 105 މަގެއް ހިމެނޭހެން 18 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަމީނީ މަގު ހިމެނޭހެން ޖުމުލަ 15 މަގެއް ތާރު އަޅައިގެން ތަރައްގީކުރުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓަކީ ކުރީ ސަރުކާރުން ފެށި ޕްރޮޖެކްޓެކެވެ. އެގޮތުން މިހާރު ކުރިޔަށް ރާވާފައިވާ މަސައްކަތްތަކަކީ ވެސް އެޕްރޮޖެކްޓްގެ ދަށުން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ މަސައްކަތްތަކެކެވެ. މާލޭގެ މަގުތައް ތާރު އަޅައި ތަރައްގީ ކުރަން ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ. އޭރު މާފަންނު އިންޑަސްޓްރިއަލް ޒޯނުން ފެށިގެން، ހުޅުމާލޭ ފެރީ ޓަރމިނަލާ ހަމައަށް ތާރު އަޅާ 2018 ވަނަ އަހަރު ވަނީ އެމަގުތައް ހުޅުވާފައެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!