ޑްރަގް ނެޓްވޯކްގެ މިސްބާހް ޖަލުން ފިލައިގެން އުޅެނިކޮށް ހައްޔަރު ކޮށްފި
ދެންމެ | 18 މެއި 2022

ޕާކިސްތާނުގައި ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށުގައި ހުރި ކަމަށް ފުލުހުން ބުނެފައިވާ، މިސްބާހު މުހައްމަދު އައްސޭރި ޖަލުގައި ބަންދުކޮށްފައިވަނިކޮށް ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ. މިސްބާހަކީ ނޮވެމްބަރު 2020 އިން ފެށިގެން ވީނުވީއެއް ނޭނގި ގެއްލުމާ ގުޅިގެން އާއިލާއިން އެދިގެން ހޯދަން އިިއުލާންކުރި މީހެކެވެ.

އެކަމަކު ފަހުން އެނގުނު ގޮތުގައި އޭނާއަކީ ރާއްޖެ އަށް ޑްރަގްސް އެތެރެކުރި ބަޔަކު، އެ މީހުންގެ ޑްރަގް ޝިޕްމަންޓުގެ އަގު އަދާކުރާނެ ކަމުގެ ގެރެންޓީއެއްގެ ގޮތުގައި، ރާއްޖޭން ބޭރުގެ ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށަށް ފޮނުވާލާފައިވާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރުގެ ޖުލައި 23 ގައި މިސްބާހު މާލެ އައުމާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރި އެވެ.

އެ އިދާރާ އިން ބުނި ގޮތުގައި އައްސޭރި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު ފިލުމާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހޯދައި މިހާރު ވަނީ ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭނާ ފިލި ގޮތެއް އަދި އިތުރު އެއްވެސް މައުލޫމާތެއް ކަރެކްޝަނަކުން ނުދެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ފިލައިގެން އުޅެނިކޮށް ހައްުޔަރުކުރި މީހަކީ މިސްބާހެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އުމުރުން 25 އަހަރުގެ މިސްބާހު ގޮވައިގެން ދިޔައީ ޑިސެމްބަރު 8، 2020 ގައި ”މަސްޖަރީ-2“ ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އިރުފާނެވެ. އިރުފާނު ހައްޔަރުކުރީ މިސްބާހު ދުބާއީ އަށް ގެންގޮސް އެނބުރި އައި ފަހުން މަސްތުވާތަކެއްޗާ އެކުގަ އެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!