އުއްޗު އުފަން ދުވަހަށް ސުޕަރ ސިންގަރ ފައިޒު ރާއްޖެ އަތުވެއްޖެ
ދެންމެ | 25 ޑިސެމްބަރ 2022

މިއަދަކީ އުއްޗުގެ އުފަން ދުވަހެވެ. އުއްޗުގެ އުފަން ދުވަސް ފާހަގަކުރަން ބާއްވާ ޝޯ އޮންނާނީ މާދަމާ ރޭ ކުރެއްދޫ އައިލެންޑް ރިސޯޓުގައެވެ.

ފާއިޒް އަކީ ސުޕަސްޓާ ސިންގާ 2ގެ އިތުރުން ސަރެގަމަޕާ ލަވަ ޝޯގައި ވެސް ބައިވެރިފައިވާ ލަވަކިޔުންތެރިއެކެވެ. އޭނާ އެންމެ ފަހުން އޮތް ސުޕަސްޓާ ސިންގާ 2 ކާމިޔާބު ކުރީ އުމުރުން 14 އަހަރުގައެވެ.

އޭނާ ވަނީ އެ ޝޯއަށް އެރުމަށްފަހު ޖަޖު ހިމޭޝް ރޭޝަމިޔާ އާއެކު މަސައްކަތްކޮށް, އޭނާގެ ލަވައެއް ރެކޯޑު ކޮށްފައެވެ. އަދި ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އިމްތިޔާޒް އަލީ ވަނީ އެ ކުންފުނިން ހަދާ ފިލްމަކަށް ލަވަ ކިޔުމުގެ ފުރުސަތު ވެސް ފާއިޒަށް ދީފައެވެ.

މީގެ އިތުރުން މަޝްހޫރު އެކްޓަރު/ޕްރޮޑިއުސަރު ސަތީޝް ކޯޝިކް ވެސް ވަނީ އޭނާގެ ފިލްމު ކުންފުނިން ހަދާ ފިލްމަކަށް ލަވަ ކިޔުމުގެ ފުރުސަތު އޭނާއަށް ދީފައެވެ. އަދި އެ އެއްބަސްވުމުގައި ސޮއިވެސް ކުރުވާފައެވެ.

އުއްޗުގެ ދައުވަތަކަށް ފާއިޒް ރާއްޖެ އަންނައިރު އުއްޗު ފާހަގަކޮށްލެވެނީ އިންޑިއާގެ ތަރިންނާއެކު ގާތްގުޅުންތަކެއް ބާއްވާ މީހެއްގެ ގޮތުގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!