ލ. ފޮނަދޫއިން އަނެއްކާ ވެސް ފެނުގެ ހިދުމަތް ކެނޑިއްޖެ
ދެންމެ | 15 ޖެނުއަރީ 2023

ލ. ފޮނަދޫއިން އަނެއްކާ ވެސް ފެނުގެ ހިދުމަތް ކުއްލިއަކަށް ކަނޑައިގެން ހިގައްޖެ އެވެ.

ފޮނަދޫ ފެނަކަ ފްރާންޗުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލަ އަކާއި ގުޅިގެން ފެނުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

“ފެނުގެ ޙިދުމަތަށް ދިމާވި މައްސަލައަކާ ގުޅިގެން މިވަގުތު މުޅި ރަށުން ވަނީ ފެނުގެ ޙިދުމަތް މެދުކެނޑިފައި. މިކަން ހައްލުކުރުމަށްޓަކައި ފެނަކަ ޓީމުން ދަނީ މަސައްކަތް ކުރަމުން.  މި މައްސަލަ ހައްލުވީހާ އަވަހަކަށް ފެނުގެ ޙިދުމަތް އަލުން ދެވޭނެ ވާހަކަ ދަންނަވަން. މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދެން.“ އިއުލާނުގައި ބުނެފައި ވެއެވެ.

ފެނުގެ ހިދުމަތް އަލުން ދެވޭނެ ވަގުތެއް ފެނަކައިން ހާމަ ކޮށްފައެއް ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!