ސިޔާސީ ކަންކަމުގައި ނޫޅުއްވާނެ ކަމަށް ވިދާޅުވެފައިވާ އިބޫގެ އަންހެނުން ފަޒުނާ އަހުމަދު ހޭބަލިވާ ވަރަށް ކެމްޕޭން ހަރަކާތްތަކުގައި އުޅެން ފަށައިފި އެވެ.
ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ފަޒުނާ ކެމްޕޭން ހަރަކާތަށް ނުކުމެފައި ވަނީ ނެސަނަލް ރަޖިސްޓްރޭސަނާއި އެކުގަ އެވެ.
ފަޒުނާ ވަނީ މާލޭގެ ކެމްޕޭން މެނޭޖަރުންނާއި އެކު މައި މެނޭޖަރު ތަސްމީންގެ ކޮއްކޮ ނާސިޒު ބޭއްވާ ބައްދަލުވުމުގައި ވެސް ބައިވެރިވަޑައިގެންފަ އެވެ. އަދި އަބަދު ޖަގަހާގައި މުގޯލި އަޅާފައިވާ ކަމަށް ހަބަރު ލިބެ އެވެ.
ސޯސިއަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކުން އިބޫގެ ކެމްޕޭނުގައި މަސައްކަތް ކުރައްވާ ވަނީ ވަރަށް ބޮޑަށް މާޔޫސްވެ ކަންބޮޑުވެފަ އެވެ.
ކެމްޕޭން ފޯރިގަދަ ވެފައިވާއިރު ހިޔާލު ހޯދުމުގެ ވޯޓުތަކުން ކުރީގައި އުޅުއްވަނީ ރައީސް ނަސީދެވެ.
ގުޅުންހުރި ލިޔުންތައް