އައްޑޫ އުތުރި އަރައި ނަސީދަށް ހޫނު މަރުހަބާއެއް ދަންނަވައިފި
ދެންމެ | 23 ޖެނުއަރީ 2023

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެެ ކެމްޕެއިނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އައްޑު އަށް ވަޑައިގެންފި އެވެ.

އައްޑު އަށް ވަޑައިގަތުމުން، ގަން އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ކައުންސިލަރުންނާއި އެމްޑީޕީގެ ސަޕޯޓަރުންނެވެ.

ނަޝީދާ އެކު އައްޑު އަށް ވަޑައިގަތް ޓީމުގައި ކުރީގެ ދެ އެޓާނީ ޖެނެރަލުން ކަމަށްވާ ޑރ.މުހައްމަދު މުނައްވަރާއި ދިޔާނާ ސައީދު ހިމެނިވަޑައިގަންނަވަ އެވެ.

ނަޝީދުގެ ދަތުރުގައި، އައްޑޫގެ އެކި އަވަށްތަކަށް ޒިޔާރަތްކުރައްވައި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދާއި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!