އެމްޑީޕީ ޕްރައިމަރީން ރައީސް ސޯލިހް ކާމިޔާބު ކުރެއްވުމުން ވެސް ޖޭޕީ އާއި އަދާލަތާއި އެމްއާރުއެމުން ވެސް ރައީސް ސޯލިހަށް ތަހްނިޔާއެއް ނުދެންނެވި އެވެ.
މިހާރު ހިނގަމުންދާ ރައީސް ސޯލިހްގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ މި ތިން ޕާޓީން ރައީސް ސޯލިހަށް ކިޔާފައިވާއިރު މިހާތަނަށް ރައީސް ސޯލިހަށް މަރުހަބާ ދަންނަވާފައި ވަނީ ކުރީގެ ނައިބް ރައީސް އަދީބުގެ އެމްޓީޑީން އެކަންޏެވެ.
އިއްޔެ ނިމިދިޔަ އިންތިހާބު ރައީސް ސޯލިހް ކާމިޔާބު ކޮށްފައިވަނީ ވަގު ވޯޓު އަޅައި އޮޅުވާލައިގެން ކަމަށް ވިދާޅުވެ ރައީސް ނަސީދު ވެސް ގެންދަވަނީ ނަތީޖާ ގަބޫލު ކުރުމަށް ދެކޮޅު ހައްދަވަމުންނެވެ.
ގުޅުންހުރި ލިޔުންތައް