ސްޕީޑް ފެރީ ޕްލެޓްފޯމް ހެދުން އެމްޓީސީސީއަށް.
ދެންމެ | 19 މެއި 2022

6 ރަށެއްގައި ހައި ސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް، ހެދުމަށް އެމް.ޓީ.ސީ.ސީއާ ހަވާލު ކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީ ގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ.

މި އެއްބަސްވުމުގެ ދަށުން އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމްތައް އެޅުމަށް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވާ ރަށްތަކަކީ ހއ.ކެލާ، ހއ.ހޯރަފުށި، ހއ.ދިއްދޫ، ހދ.ނޮޅިވަރަންފަރު، ހދ.ހަނިމާދޫ އަދި ކުޅުދުއްފުށިސިޓީއެވެ.

އެމްޓީސީސީއާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އަދި މި މަޝްރޫޢަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ ”އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް“ މަޝްރޫޢުގެ ދަށުން ޒޯން އެކެއްގައި ފެރީގެ ޚިދުމަތް ދޭން އެމް.ޓީ.ސީ.ސީން ފަށާފައިވަނީ މި މެއި މަހުގެ 2 ވަނަ ދުވަހުއެވެ.

މި ޚިދުމަތަށް އެމް.ޓީ.ސީ.ސީން ބޭނުންކުރާ ”ރާއްޖެ ޓްރާންސްޕޯޓް ލިންކް“ގައި ހިމެނޭ ފެރީތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އެ ސްޕީޑް ފެރީ ތަކަކީ ދަތުރުވެރިންނަށް ހިތްފަސޭހަކަމާއެކު ދަތުރުކުރެވޭނެގޮތަށް ފަރުމާކޮށްފައިވާ ފެރީތަކެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!