އޮރިޔާން ފޮޓޯ ލީކް ކޮށްލާނެ ކަމަށް ބުނެ ފިރިހެނަކު ބުލެކްމެއިލް ކުރި އަންހެނަކު ޖަލަށްލައިފި
ދެންމެ | 01 ފެބްރުއަރީ 2023

ފިރިހެނަކު ކުލީ ކޮޓަރިއަކަށް ގެންގޮސް، ބަރަހަނާ ފޮޓޯއެއް ލީކް ކޮށްލާނެ ކަމަށް ބުނެ ބިރު ދައްކައިގެން ފޭރުނު އަންހެނަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ފިރިހެނަކު ކުލީ ކޮޓަރިއަކަށް ގެންގޮސް، ބަރަހަނާ ފޮޓޯއެއް ލީކް ކޮށްލާނެ ކަމަށް ބުނެ ބިރު ދައްކައިގެން ފޭރުނު މައްސަލައިގައި ޖަލު ހުކުމެއް އިއްވެ އަންހެނަކީ ދެކުނުގެ ރަށަކަށް ނިސްބަތްވާ އަންހެނެކެވެ.

އެއީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، މާލޭގައި ފިރިހެނަކު ކުލީ ކޮޓަރިއަކަށް ގެންގޮސް އިތުރު ދެ ފިރިހެނުންގެ އެހީތެރިކަމާއެކު އެ މީހާގެ ބަރަހަނާ ފޮޓޯ ނަގައި ފޭރި، އަދި ފޮޓޯ ލީކުކުރާނެ ކަމަށް ބުނެ ބްލެކްމެއިލް ކުރި މައްސަލައެވެ.

މި ހާދިސާގައި އެ ފިރިހެން މީހާގެ ބޭންކް އެކައުންޓްގައި ހުރި ފައިސާ ޓްރާންސްފަރ ކުރުވައި އަދި ވޮލެޓުގައި ހުރި ނަގުދު ފައިސާ ފޭރި، ފޯނުވެސް ފޭރިގަތެވެ. އެއީ ސެމްސަންގެ ފޯނެކެވެ. އެކައުންޓުން ޓްރާންސްފަރ ކުރުވީ 2000 ރުފިޔާއެވެ. އަދި ނަގުދު ފައިސާގެ ގޮތުގައި 350 ރުފިޔާ ފޭރުނެވެ.

މި މައްސަލައިގައި އަންހެން މީހާގެ މައްޗަށް ހަތް މަހާއި ހަތް ދުވަހުގެ ޖަލު ހުކުމެއް ކުރީ އެ އަންހެން މީހާގެ އިއުތިރާފުގެ މައްޗަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!