އަނބި ދަށު ވުމާއި ފިރިމީހާއަށް އަޅުވެތިވުން
ދެންމެ | 03 ފެބްރުއަރީ 2023

ފިރިމީހާގެ ޢިޒްނަ ނުހޯދާ އަނބިމީހާ ގެއިންބޭރަށް ނުދެވޭނެކަމަށް އިސްލާމްދީން ބުނަނީ އަނބިންގެ ބާރު ކަނޑުވާކަށްނޫޫނެވެ، އަނބިމީހާ ބޭރަށްދަނީ ކޮން ތަނަކަށް ކޮން ބަޔަކާއި އެކުގައިކަން ފިރިމީހާއަށް އެންގުމަކީ އަނބިމީހާގެ މައްޗަށް މާތްވެގެންވާ އިސްލާމްދީނުގައި ވާޖިބުވެގެންވާ މުހިންމު ކަމެކެވެ.

ސަބަބަކީ އަނބިމީހާއަށް ގެއްލުމެއް ލިބިއްޖެނަމަ ޒިންމާވާންޖެހޭނީ ފިރިމީހާއަށް ކަމުގައިވާތީއެވެ، އަދި އަންބެއްގެ ގޮތުގައި ހުރިހާ ދުވަހަކު އަނބިމީހާގެ ހުރިހާ ޒިންމާއެއް އެޅެނީ ފިރިމީހާ ބޮލުގަ ކަމުގައިވާތީއެވެ.

ބޭރަށް ދާއިރު ފިރިމީހާގެ އިޒްނަ ހޯދުން ރައްޓެހިންގެ ނަޒަރުގައި އެއީ ފިރިމީހާއަށް އަޅުދާސްވުން ކަމުގައި ފަހަރުގައި ހީވިޔަސް ނުވަތަ އެއީ އެއްވެސް މިނިވަންކަމެއް ނެތުން ކަމުގައި ހީވިޔަސް ހަޤީގަތުގައި ﷲ ގެ ޙަޟްރަތުގައި އެއީ އެ އުޙްތާގެ މަޤާމާއި އަދި ދަރަޖަ އުފުލިގެންދާނެފަދަ ޢަމަލެކެވެ.

ޤިޔާމަތްދުވަހު ބޭނުން ދޮރަކުން ސުވަރުގެ ވަނުމަށް އެބަޔަކަށް ﷲ ގޮވާލައްވާ އުޙްތުންގެ ތެރޭގައި ހަލާލު ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކޮށް މިދުނިޔޭގެ ވަގުތީ ހަޔާތް ވޭތުކުރި އުޙްތުން ހިމެނެއެވެ.

ވީމާ ޙަރާމް ނޫން ކޮންމެ ކަމެއްގައި ހަލާލު ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކުރުމަކީ އެންމެ މަތިވެރި އަޅުކަންތަކުގެ ތެރޭ ހިމެނޭކަމެކެވެ.“

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!