ސައިބޯންޏާއި ސޭމްޕޫ ކޭހެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ.
ދެންމެ | 19 މެއި 2022

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މާފަންނާއި ގަލޮޅާއި އަދި ހުޅުމާލޭ ޕޮލިސް ސްޓޭސަންތަކުގައި ހުރި ތަކެތީގެ ތެރޭގައި ސައިބޯންޏާއި ސޭމްޕޫ ކޭހަކާއި ލޮނު ކޭހަކާއި އިމާރާތް ކުރަން ބޭނުން ކުރާ މެސަނަރީ އަދި ކަރަންޓް މަސައްކަތު ސާމާނާއި ގިނަ އަދަދެއްގެ މޯބައިލް ފޯނު ވެސް ހިމެނެ އެވެ.

މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!