ލ. އަތޮޅު ފޮނަދޫއިން އަނެއްކާ ވެސް ފެނުގެ ހިދުމަތް ކެނޑިއްޖެއެވެ.
ފޮނަދޫ ފެނަކަ ބްރާންޗުން މިއަދު މެންދުރުފަހު އެކެއް ޖަހައިކަން ހާއިރު ފެން ކެނޑުންކަން އެންގައި އާންމުންގެ ސަމާލުކަމަށް އެކަން ގެނައުމަށްޓަކައި ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފެނުގެ ހިދުމަތަށް ދިމާވި މައްސަލަ އަކައި ގުޅިގެނ މުޅި ރަށުން ފެނުގެ ހިދުމަތް ކެނޑިފައިވާ ކަމަށެވެ.
އިތުރަށް ބަޔާނުގައި ބުނެފައިވަނީ ފެނުގެ ހިދުމަތް އަލުން ފޯރުކޮށްދިނުމަށްޓަކައި ފެނަކަ ޓީމުން މަސައްކަތް ކުރަމުންދާ ކަމަށާއި މައްސަލަ ހައްލުވިހާ އަވަހަށް ފެނުގެ ހިދުމަތް އަލުން ފޯރުކޮށްދޭނެ ކަމަށެވެ. އެކަމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެ ބްރާންޗުން ވަނީ މާފަށް އެދިފައެވެ.
މިކަމާއި ގުޅިގެން އެރަށުގެ ފެނަކަ ބްރާންޗްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
ފޮނަދޫ އަށް މީގެ ކުރިން ވެސް ފެން ކެނޑުމުގެ މައްސަލަތަކެއް ކުރިމަތިވެފައެވެ. އެގޮތުން މިދިޔަ މަހު ވެސް އެރަށުގައި ފެން ކެނޑުމުން އެދުވަހު ވެސް ވަނީ ފެން ނުލިބި އާންމުންނަށް ދަތިތަކެއް ކުރިމަތިވެފައެވެ.