ޖިފްޓި ކެފޭތައް އެޗްޑީސީން ނައްތާލައިފި.
ދެންމެ | 20 މެއި 2022

ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓު ސަރަހައްދުގައި ލަކުޑި އާއި ޕެލެޓާއި އުކާލާ ސާމާނު ބޭނުންކޮށްގެން ހަދާފައި ހުރި ވަގުތީ ކެފޭތަކާއި ސްޓޯލްތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނަގަން ފަށައިފި އެވެ.

ފްލެޓުތަކުގެ ތަޅުދަނޑިތައް މީހުންނާ ހަވާލުކުރި ދުވަހުން ފެށިގެން ހިޔާ ސަރަހައްދުން ފެންނަން ފެށި މި ކެފޭތައް ނަގަން އެޗްޑީސީން މަސައްކަތްކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެންމެ ފުރަތަމަ މިގޮތަށް ތަންތަން ހަދައިގެން ހިދުމަތް ދޭން ފެށުމުން ވެސް އެޗްޑީސީން އެކަމާ ދެކޮޅު ހެދި އެވެ.

އެކަމަކު ހިޔާ ސަރަހައްދުގައި އޭރު އެއްވެސް ފިހާރައެއް ނެތުމުން އެތަންތަން ނުނަގާ، ޒާތެއްގެ ވަގުތީ ހުއްދައެއްގެ ދަށުން ބެހެއްޓީ އެވެ.

އެ ނިންމުން ބަދަލުކޮށް މިތަންތަން ނަގާ، ތަން ހުސްކުރަން އެޗްޑީސީން ހަފުތާއެއްގެ މުހުލަތު ދިނެވެ. އެއީ ހުސްވި އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގަ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އެއިން އެއްވެސް ތަނެއްގެ ”ވެރިފަރާތުން“ އެތަންތަނެއް ނުނަގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!