މާލޭގައި ގެއަކުން ބައިސްކަލެއް ވަގަށް ނެގި ވަގު މީހާ ހޯދުމަށް އެގޭ މައި ގޭޓުގައި ވަގުކަލޭގެ ފޮޓޯ ޖަހާ އިސްތިހާރު ބޯޑެއް ބަހައްޓައިފި އެވެ.
ފުޅުނގު ނަމަކަށް ކިޔާ ގެއެއްގެ މައި ގޭޓުގައި ކެންވާސްއަށް ޕްރިންޓްކޮށް ފެންވަރު ރަގަޅު ފެންވަރަކަށް ހަދާ ހަރުކޮށްފައިވާ އިސްތިހާރު ބޯޑުގައި ބުނެފައި ވަނީ މިގެއިން ބައިސްކަލް ވަގަށް ނެގި މައްސަލާގައި މީހަކު ހޯދަނީ ކަމަށެވެ.
މި އިސްތިހާރުގައި ވަގު މީހާގެ ސީސީޓީވީ ފްޓޭޖްގެ ހައިކޮލިޓީ ފޮޓޯއަކާއި ބައިސްކަލްގެ ފޮޓޯއެއް ހިމަނާފައި ވެއެވެ. މި އިސްތިހާރުގައި ބުނެފައި ވަނީ މިމީހާއި ބެހޭ މައުލޫމާތު ހިއްސާކޮށް ހޯދާ ފަރާތަކަށް 5000 (ފަސް ހާސް ) ރުފިޔާގެ ފައިސާގެ އިނާމެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ. ވަގުކަލޭގެ އާއި ބެހޭ މައުލޫމާތު ހިއްސާކުރުމަށް ފޯނު ނަންބަރެއްވެސް އިސްތިހާރުގައި ހިމަނާފައި ވެއެވެ.
މިފަހަކަށް އައިސް ވައްކަން ކުރާމީހުންނާއި އެހެންވެސް ބޮޑެތި ކުއްތަކަށް އަރައިގަންނަ މީހުންނަށް ކަމާބެހޭ އިދާރާތަކުންނާއި ފުލުހުންގެ މުއައްސަސާއިން އަދަބު ނުލިބޭތީ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ފަރާތްތަކުން އަމިއްލައަށް އަދަބު ކަނޑައަޅާ މައްސަލަ ނިންމާލަ އެވެ.