ކުރީގެ ފުޓްބޯޅަ ތަރި ސުނޭ އެމްޓީޑީއަށް.
ދެންމެ | 20 މެއި 2022

ކުރީގެ މަސްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަހުމަދު ސުނޭން (ސުނޭ ) މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް، އެމް.ޓީ.ޑީއަށް ސޮއިކުރައްވައިފިއެވެ.

އެމްޓީޑީގެ ރަސްމީ ޓުވީޓަރ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ މިހާރު ޕައިލެޓެއްގެ ވަޒީފާ އަދާކުރަމުންދާ ސުނޭ އެމްޓީޑީއަށް ސޮއިކޮށްފައި ވަނީ މިއަދު ކަމަށެވެ.

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވާ އެމްޓީޑީއަށް އިއްޔެ ވަނީ ރައީސް ޔާމީންގެ ތަރުޖަމާން މުއާޒުވެސް ސޮއި ކުރައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!