އަމްރަށް ތައުރީފް ކުރާތީ ފައްޔާޒު ބޮލު ރޮދި ކެނޑި، އެސްޓީއޯގެ ކުންފުނިތަކަށް ބަވާލައިފި
ދެންމެ | 30 މާރޗް 2023

ރައީސް ސޯލިހްގެ އަމްރަށް މަގާމުން ވަކިކޮށްފައިވާ އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރަށް ތައުރީފްކުރާތީ އާއި ބަޔާންތައް ނެރޭތީ ބަގުރޫޓު ވިޔަފާރިވެރިޔާ ފައްޔާޒު ބޮލު ރޮދި ކެނޑި އެސްޓީއޯގެ ކުންފުނިތަކުގެ ވެރިންނަށް ބަވާލައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މަސްރަހް ބޮޑަށް ހޫނު ވެފައި މި ވަނީ ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމުމާއި ގުޅިގެން ފައްޔާޒަށް ލިބިގެން ދިޔަ ކުއްލި ލޮޅުމެއްގެ ސަބަބުންނެވެ.

ދައުލަތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެތައް މިލިޔަނެއް ކާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައްޔާޒު އެންމެ ބޮޑަށް ބަވާލައި ބޯންދީފައި ވަނީ މިފްކޯގެ މެނޭޖިންގ ޑިރެކްޓަރަށް ކަމަށް މައުލޫމާތު ލިބެ އެވެ.

ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ނުވާނެ ކަން ކަށަވަރު ވެފައިވާއިރު ފައްޔާޒު އަބަދު މިހާރު ހުންނަނީ ސިގު ރުޅި އަރާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!