ޖުމްހޫރީ ޕާޓީ މަގާމެއްގައި ޓޫރިޒަމް މިނިސްޓަރުކަން ކުރަމުން ގެންދަވާ ޑރ. މައުސޫމް ގާސިމަށް ހަރާމް ކޯރުވެ ރައީސް ސޯލިހަށް ތާއީދު ކޮށްފި އެވެ.
މައުސޫމްގެ ފޭސްބުކް ޕޭޖްގެ ކަވަރު ފޮޓޯ ކުއްލި ގޮތަކަށް ބަދަލުވެ ވަނީ ރައީސް ސޯލިހް މައުސޫމަށް މިނިސްޓަރުކަމުގެ ފަތްކޮޅު އަރުވާ ފޮޓޯ އަޕްޑޭޓް ކޮށްފަ އެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މައުސޫމް ވަނީ ރައީސް ސޯލިހަށް ތާއީދުކޮށް ގާސިމްގެ ޖުމްހޫރީ ޕާޓީން ވަކިވެފަ އެވެ.
ޖޭޕީގެ ލީޑަރ ރައީސް ކަމަށް ވާދަ ކުރަން ނިންމުމުން ސަރުކާރުން ވަނީ ސަރުކާރުގެ މަގާމްތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދިނުމަށް އަންގާފަ އެވެ. އަދި އިސްތިއުފާ ނުދޭ މީހުން ވަކި ކުރާނެ ކަމަށް ވެސް ބުނެފަ އެވެ.
ގުޅުންހުރި ލިޔުންތައް