ފައްޔާޒު ބޭބެ ބޯގަންވިލާ އިބްރާގެ ޕޯލުން ވެސް ގާސިމް މޮޅުވެ، އިބޫއަށް ރެވިއްޖެ
ދެންމެ | 02 އޭޕްރިލް 2023

އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނެ ބޭފުޅަކީ ކޮބައިތޯ ބެލުމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއީލް (އިބުރާ) ޓުވިޓާގައި ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރިހޯއްދަވައިފި އެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން އިބުރާގެ ވޯޓްގައި ހިމެނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ.

އެހެންވެ އެ ބޭފުޅުންގެ ތެރެއިން ވޯޓު ލާނީ ކޮން ބޭފުޅަކަށްތޯ ބަލަން އިބްރާ މިދިޔަ ހުކުރު ދުވަހު ހުޅުވާލި އެވެ.

އެ ވޯޓްގައި 14،000 އަށް ވުރެ ގިނަ މީހުން ވޯޓުލި އިރު އެންމެ ގިނަ ބަޔަކު ބުނީ ވޯޓު ދޭނީ ގާސިމްއަށް ކަމަށެވެ. އެއީ ވޯޓު ދިން މީހުންގެ 49.1 ޕަސެންޓެވެ. އެންމެ މަދުން ވޯޓު ލިބުނީ ރައީސް ސޯލިހު އަށެވެ. އެއީ ވޯޓު ދިން މީހުންގެ 9.2 ޕަސެންޓެވެ. ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނީ އެމްއެންޕީގެ ނާޒިމް އަށެވެ. އެއީ 30.2 ޕަސެންޓެވެ.

ގާސިމް ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ވާދަކުރާނެކަން އިއުލާން ކުރީ މިދިޔަ ހަފްތާގައެވެ. ގާސިމް އިންތިހާބުގައި ވާދަކުރަން ނިންމީ އިންތިހާބުގައި ވާދަނުކޮށް ރައީސް ސޯލިހަށް ތާއިދު ކޮށްދިނުމަށް ރައީސް ސޯލިހް ތަކުރާރުކޮށް އެދިވަޑައިގެންފައި ވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!