ބަގުރޫޓް ފައްޔާޒު ހޭބަލިވެ، އެމްޑީޕީ ވަޓްސްއެޕް ގުރޫޕް ބޮޑު ތަޅު ލައިފި
ދެންމެ | 17 އޭޕްރިލް 2023

އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގުރޫޕްގައި، އެ ގްރޫޕްގެ އެޑްމިން، އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ނޫން ބޭފުޅަކަށް މެސެޖެއް ނުލިޔެވޭގޮތަށް ގުރޫޕް ”ތަޅުލައިފި“ އެވެ.

ގައުމީ މަޖިލީހުގެ ބައެއް މެމްބަރު ކަށަވަރުކޮށްދެއްވި ގޮތުގައި ގްރޫޕްގެ ސެޓިންއަށް ބަދަލު ގެނެސް ފައްޔާޒު މިހާރުވަނީ ގުރޫޕްގައި އެއްވެސް އިތުރު މެމްބަރަކަށް ވާހަކަ ނުދެއްކޭގޮތަށް ބަދަލުކޮށްފައެވެ. ނަމަވެސް އެކަމުގެ ސަބަބެއް ސާފެއް ނުވެއެވެ.

މި ބަދަލު ގެނައުމުގެ ކުރިން، ގުރައިދޫ ދާއިރާގެ މަޖިލިސް ބައި އިލެކްޝަންގައި، އެމްޑީޕީގެ ކެންޑިޑޭޓާއި ދެކޮޅަށް ރައީސް މުހައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން“ ފެކްޝަނުން މަސައްކަތް ކުރަމުން ގެންދާކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މީގެ ދެ ދުވަސްކުރިން ވަނީ އެ ގްރޫޕްގައި ރައީސް ނަޝީދު ފެކްޝަނަށް އިންޒާރު ދެއްވާފައެވެ.

އިއްޔެ ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް އެވެ.

އެމްޑީޕީ ފުނފުނޑުކޮށްލުމަށް ކުރާ މަސައްކަތް އެހެން ހިސާބަކަށް ހިނގައްޖެ ކަމަށް ވިދާޅުވެ ފައްޔާޒު ވިދާޅުވީ އިހުތިރާމު ކުރުމުގެ ގޮތުންވެސް ބެލޭނީ ވަކި ހިސާބަކަށްކަމަށެވެ. އަދި ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!