ފޯޅަވަސް އަކީ ދިވެހި އަތޮޅެކެވެ. ދިވެހިންގެ ބިމެވެ. މިއީ ނޭއެގޭނޭ ބުނާ މީހުނައް ދޭރައްދެކެވެ.
އީސާގެފާނު ދުނިޔެއަށް ޚަލްޤު ކުރެއްވުމުގެ ފަހުން މީލާދީން 361 އަހަރު ފަހުން ރޯމުގެ ރަސްކަމުގައި ހުރި ޖޫލިއަން ދަރުބާރައް ޖިޒީ ހިފައިގެން ދިވެހިންގެ ނެވިކަމު ގައި ސުރީލަންކާ އާއި ދިވެހިރާއްޖެ ހިމެނޭ ގޮތައް ދިޔަކަން ތާރީޚުން ސާބިތުވެ އެވެ.
ފޯޅަވަހި ޗާގޯސް އަކައްވީ ޕޯޗްޤީޒުން ދުނިޔެ އިސްތިއުމާރު ކުރި ދުވަސް ވަރުގައި ވޮސްގަޑަގާމާ އެމެރިކާ ހޯދަން ދިޔަ ދަތުރެއްގައި އޮޅިގެން އިންޑިޔާ ކަންޑައް އާދެވިގެން ރާއްޖެ އިސްތިއުމާރު ކުރި ދުވަސް ވަރުގެ ކަމެކެވެ.
ޕޯޤީޒުން ރާއްޖޭގައި އުޅުމުގެ ތެރޭގައި ވޮސްގަޑަގާމާގެ ނަވުގެ ފަޅުވެރިޔަކު ކަމުގައި ވާ ޗާގޯސް ކިޔާ މީހާ އަށް ފެނުނީ ފޯޅަވަހި ދެން ފޯޅަހި ވެސް އިސްތިއުމާރު ކުރެވުނެވެ.
ޕޯޗްޤީޒުން ރާއްޖޭގެ އުތުރާާއި މާލެ އިން ފައްސާލެވުނަސް ފޯޅަވަހި ދިވެހިންނަކަށް ސަލާމަތެއް ނުކުރެވުނެވެ. މިހެން ފޯޅަވަހި ވަނި ކޮށް ފުރާންސް މީހުން ޕޯޗްޤީޒުންގެ މައްޗައް ގަދަވެ ފުރާންސް މީހުންގެ ބާރު ދަށަށް ފޯޅަވަހި ގެންދިޔަ އެވެ. އަދި ފުރާންސް މީހުން ކޮފުރާ އުފައްދަން ސެނަގާލް އިން ގަނެގެން 1500 އަޅުން ފޯޅަ ވައްސައް ގެންދިޔަ އެވެ. މިހެން އޮތް ވައި ފުރާންސް މީހުންގެ މައްޗައް 2 ވަނަ ބޮޑު ހަގުރާމަ ދުވަސްވަރު އިގިރޭސިން ފުރާންސްގެ މައްޗައް ގަދަވެގަތް އިރު ފުރާންސްގެ އަޅުނަށް ސީޝެލް އާއި މޮރިޝަސް އާާއި އިންޑިިޔާ އަދި އިގިރޭސިވިލާތަށް ލެވި އެގައުމުތަކުގެ ރައްވެހިކަން ދެވުނެވެ.
މިހެން ކަންތައް ގޮސްފައި ވަނިކޮށް މޮރިޝަސަށް ބޭލި ސެނަގާލް މީހުންނާއި މޮރިޝަސްގައި ތިބި ހިންދޫންނާއި ނަސްލީ ގޮތުން ހަމަނުޖެހުން ހިގަން ފެށި ތަޅާ ފޮޅާ ހިސާބައް ދިޔަ މިހިސާބުން ސެނަގާލް މީހުން އިންޓަނެޝަލް ކޯޓް އޮފް ޖަސްޓިސް އެއް މައްސަލަ ހުޝައެޅި ފޯޅަވަހި ހޯދަން މައްސަލަ ހުށައެޅި އެވެ. އަދި ކޯޓުން ނިމުނީ އެތަނުގެ ރައްވެހިން ނަށް ފޯޅަވަހި ދިނުމަށެވެ. މިހިސާބަށް ކަންތައްގަނޑު ދިޔައިރު ވެސް ދިވެހި ސަރުކާރު އޮތީ އެމެރިކާ އާއި އިގިިރޭސި ވިލާތައް ބިރުން އެއްޗެކޭ ބުނަން ނުކެރިފަ އެވެ.
ފޯޅަވެހީގެ ކަނޑެއް ވެސް ބިމެއް ވެސް ކޯޓުން މޮރިޝަސް އަކަށް ދޭކަށް އަންގާފައެއް ނުވެ އެވެ. މައްސަލަ ހުށައެޅި ސެނަގާލް މީހުން ވެސް މޮރިޝަސް އަށް ދޭކަށް ބޭނުމެއް ނޫން ނެވެ. އެމީހުން ބޭނުން ވަނީ މުސްތަގިއްލު މިނިވަން ދައުލަތެ ކެވެ. އެހެންނަމަވެސް އަސްލަކީ ފޯޅަވެއްސަކީ ދިވެހިންގެ ބިމެވެ.
މި މައްސަލައިގެ ތެރެއަށް އަލިފާން އެޅީ އިންޑިއާގެ ހިންބިތުވާ ސަރުކާރު ދިވެހިސަރާއި މޮރިޝަސް ސަރުކާރައް މަޖުބޫރު ކޮތް އިންޑިޔާގެ ގޮނޑި ކޮއްކޮއަކަށް ފޯޅަވަހި ހެދޭތޯ އުޅެނީ އ އެވެ. އިންޑިޔާއިން މަސައްކަތް ކުރަމުންދާ މި ފުރުސަތު އެމެރިކާ އާާއި އިގިރޭސީން ދޭނެ ހެން ހިޔެއް ނުވެ އެވެ. އަދި ވެސް ފޯޅަވެހި ކިބުމުގެ އެންމެ ފުރުސަތު ބޮޑީ ދިވެހިންނަށެވެ. ދިވެހިން އަތުން ޕޯޗްގީޒުންނާއި ފުރާންސް މީިހުންނާއި އަދި އިގިރޭސިން ފޭރިގެން އަތްމައްޗަށް ލައިގެން އުޅޭ ފޯޅަވަހި ހޯދަން ދިވެހި ސަރުކާރުތަކުން އިންކާރު ކުރާ ސަބަބެއް ދިވެހިރައްޔަތުން ސާފްކޮށްދޭން ޖެހެ އެވެ.
ދިވެހިންގެ އަންނަން އޮތް ޖީލަށް ދިވެހިންގެ ފޯޅަވެހި ހޯދައިދޭން ޖެހެ އެވެ.