ފަންބޮނޑިން އޯޕަން އެކްސަސް ނެޓްވޯކްގެ ހިދުމަތް ދިޔަމިގިލީގައި ފަށައިފި
ދެންމެ | 08 މެއި 2023

ފަންބޮނޑި މޯލްޑިވްސްއިން ތ. ދިޔަމިގިލީ އޯޕަން އެކްސަސް ނެޓްވޯކެއް ގާއިމްކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ފައިބަރ އޯޕަން އެކްސަސް ނެޓްވޯކެއް ގާއިމްކުރި ފަންބޮނޑި މޯލްޑިވްސް އިން ބުނީ ދިޔަމިގިލީގައި ގާއިމް ކުރެވިފައިވާ ފަންބޮނޑި ނެޓްވޯކް މެދުވެރިކޮށް އެތަކެއް ހިދުމަތްތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

ދިޔަމިގިލީ ކައުންސިލް ރައީސް އަހުމަދު މޫސާ މަނިކު ވިދާޅުވީ މިނެޓްވޯކްގެ ތެރެއިން ރައްޔިތުންނަށް ރަގަޅު ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

“ ދަރިވަރުންގެ ތައުލީމަށް ބޭނުންވާ މައުލޫމާތާއި ޓެކްނޮލޮޖީގެ ހިދުމަތްތައް ފަންބޮނޑި ނެޓްވޯކްގެ ތެރެއިން ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން.“ މަނިކު ވިދާޅުވި އެވެ.

ފަންބޮނޑިން އެންމެ ފުރަތަމަ މިފަދަ ނެޓްވޯކެއް ގާއިމްކޮށްފައި ވަނީ ވިލުފުށީގައެވެ. ފަންބޮނޑީގެ މި ނެޓްވޯކްގައި މިހާރު ވެސް ރާއްޖޭ އެންމެ ބޮޑު މުއާސަލާތީ ދެކުންފުނި، އުރީދޫ އާއި ދިރާގުން ވެސް ހިދުމަތް ފޯރުކޮށްދެމުންގެންދެއެވެ.

ފައިބަރ އޯޕަން އެކްސެސް ނެޓްވޯކްތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް މުއާސަލާތީ ވަސީލާތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޒަމާނީ ނިޒާމެކެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!