އެމްޑީޕީ މައި ހަރުގެ ހުސްކުރުމަށް އެންގުމުން ވެސް ހަރުގެ ހުސްކޮށްފައި ނުވާތީ އިމާރާތުގެ ވެރިފަރާތުން މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ގޭގެ ވެރިފަރާތުން ވަނީ އިމާރާތް ހުސް ކުރުމަށް އެމްޑީޕީއަށް މަސް ދުވަހަށް ވުރެ ވެސް ގިނަ ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެހެންނަމަވެސް އެމްޑީޕީން މިއަދާއި ހަމައަށް އިމާރާތް ހުސްކޮށްފައެއް ނުވެ އެވެ.
އެމްޑީޕީ ހަރުގެ ހުސްކުރަން ގޭގެ ވެެރިފަރާތުން ހަރުގެ ހުސްކޮށްފައި ނުވާއިރު އެޕާޓީ ޗެއަރޕާސަން ފައްޔާޒު އުޅުއްވަނީ އުމުރާއެއްގައި މައްކާ ކަމަށް މައުލޫމާތު ލިބެ އެވެ.
ބޮޑުތަކުރުފާނު މަގަށް އާޓިފިއަލް ބީޗް ކުރިމައްޗައް ހުންނަ އެމްޑީޕީ ހަރުގޭގެ ވެރިޔަކީ އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ސަފީއާ ޒުބެއިރެވެ.
އެމްޑީޕީ ހަރުގޭގެ ވެރިޔާ ސަފީއާ ޒުބެއިރަކީ ދެ ކަފިވެފައިވާ އެމްޑީޕީގެ ރައީސް ނަސީދަށް ތާއީދު ކުރައްވާ ފަހުލަވާނެ ކެވެ.