ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ޤައުމުގައި އެއްވެސް ރައްޔިތަކަށް އަމާން ކަމެއްނެތްކަން ހާމަވަނީ ޤާނޫނު ތަންފީޒުކުރަން ތިއްބަވާ ސަލާމަތީ ބާރުތަކުން ޣައިރު ޤާނޫނީ އަމުރު ތަކަށް ތަބާވާތީ ކަމަށެވެ. އެގޮތުން ހޯރަފުށީ ދާޢިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ރޭ ހައްޔަރުކުރީ އެފަދަ ގޮތަކަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މި ޤައުމުގައި އެއްވެސް ރައްޔިތަކަށް އަމާން ކަމެއްނެތްކަން ހާމަވަނީ ޤާނޫނު ތަންފީޒުކުރަން ތިއްބަވާ ސަލާމަތީ ބާރުތަކުން ޣައިރު ޤާނޫނީ އަމުރު ތަކަށް ތަބާވާތީއެވެ.ކުރީގެ ހޯރަފުށި ދާއިރާގެ މެމްބަރ ރޭ ހައްޔަރު ކުރީ މިފަދަ ޣައިރު ޤާނޫނީ އަމުރަކަށެވެ.#IndiaOut ގޮވުމާއި،އެ ހަރަކާތް 1/2 pic.twitter.com/duOYmLn3tV — Ibrahim Shujau (@IbrahimShujaau) May 21, 2022
މި ޤައުމުގައި އެއްވެސް ރައްޔިތަކަށް އަމާން ކަމެއްނެތްކަން ހާމަވަނީ ޤާނޫނު ތަންފީޒުކުރަން ތިއްބަވާ ސަލާމަތީ ބާރުތަކުން ޣައިރު ޤާނޫނީ އަމުރު ތަކަށް ތަބާވާތީއެވެ.ކުރީގެ ހޯރަފުށި ދާއިރާގެ މެމްބަރ ރޭ ހައްޔަރު ކުރީ މިފަދަ ޣައިރު ޤާނޫނީ އަމުރަކަށެވެ.#IndiaOut ގޮވުމާއި،އެ ހަރަކާތް 1/2 pic.twitter.com/duOYmLn3tV
— Ibrahim Shujau (@IbrahimShujaau) May 21, 2022
ޝުޖާއު އިތުރަށް ވިދާޅުވީ އިންޑިއާ އައުޓް ގޮވުމާއި، އެ ހަރަކާތް ކުރިއަށް ގެންދިއުމަކީ ޖަލުގެ ތޭރިތަކުގެ ތެރެއަށް ރައްޔިތުމީހާ ދާންޖެހޭނެ ސަބަބެއް ނޫން ކަމަށެވެ. ޝުޖާއު ވަނީ މުހައްމަދު އިސްމާއިލް މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާފައެވެ. އަދި އިންޑިއާ އައުޓް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރެފައިވާ ގަރާރަކީ ޤާނޫނު އަސާސީއާ މުޅިން ހިލާފު ގަރާރެއް ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ”އިންޑިއާ އައުޓް“ ނަމުގައި ބޮޑު ހަރަކާތެއް ފަށާފައިވާއިރު، މި ހަރަކާތުގައި މިހާރު އެންމެ އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕީޕީއެމް ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމެވެ
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!