މިދިޔަ ހަފްތާ ނިމުމާއި ގާތްވެފައި ވަނިކޮށް، ރައީސް ޔާމީން ސަރުކާރުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރިޓިކް (އެމްޓީޑީ) އަށް ސޮއިކުރި މަންޒަރު ސޯސަލް މީޑިޔާގައި ދައުވާން ފެށިއެވެ. އެމްޓީޑީގެ ސޯސަލް މީޑިޔާގެ ޕްލެޓް ފޯމްތަކާއި އެމްޓީޑީގެ ލީޑަރ އަހުމަދު އަދީބުގެ ގާތް މަގާމް އަދި ސޯސިއަލް މީޑިޔާ އެކްޓިވިސްޓް އަހުމަދު އަސްރަފް ( ސުންބާގޮންގް ) ގެ ސޯސިއަލް މީޑިޔާގެ ޕްލެޓް ފޯމްތަކުންނެވެ.
އެމްޓީޑީ އަކީ ޒުވާނުންގެ ބޮޑު ތާއީދަކާއި އެކު އުފައްދާފައިވާ ޕާޓީކަށްވެފައި ވާއިރު، ސޯސިއަލް މީޑިޔާގައި ސޮއިކުރުމުގެ ހަރަކާތްތައް މުއާޒުން ފެށިގެން ދިޔަ ނަމަވެސް މިހާރު އެޕާޓީއަށް ގިނަ އަދަދެއްގެ ޒުވާނުން ސޮއި ކުރާ ފޮޓޯތައް ސޯސިއަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.
Kureege Mashhoor football kulhintheriyaa,
Adhi mihaaru Pilot Hassan Rawshan (Machey) ,
Maldives Third-Way Democrats MTD ah soe koffi! pic.twitter.com/oeV72aqQOr
— Maldives Third-Way Democrats (@MTDSecretariat) May 20, 2022
ކުރީގެ ފުޓްބޯޅަތަރި އަދި މިހާރު ޕައިލެޓް ސުނޭ ވެސް އެމްޓީޑީއަށް ސޮއިކުރާ ފޮޓޯ ސޯސިއަލް މީޑިޔާގައި ދައުރުވަމުން ދާއިރު، އެހެންވެސް އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޒުވާނުން އެޕާޓީއަށް ސޮއި ކުރާ ފޮޓޯތައް އެމްޓީޑީގެ ސޯސިއަލް މީޑިޔާ ޕްލެޓްފޯމްތަކަށް ދަނީ އަޕްލޯޑް ކުރަމުންނެވެ.
މިހާރު ގޭބަންދުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ އެމްޓީޑީ ހަރަކާތްތައް ފެށިފައި މިވަނީ ދުވަސްތަކަށް އެޕާޓީގެ ހުރިހާ ހަރަކާތްތަކެއް ހުއްޓިފައި ކުރުމަށް ފަހުގަ އެވެ. އިދިކޮޅު ޕީޕީއެމުން ތުހުމަތު ކުރާ ގޮތުގައި އެމްޓީޑީގެ ހަރަކާތައް އެޕާޓީން ފަށާފައި މިވަނީ އެޕާޓީގެ ލީޑަރ އަހުމަދު އަދީބާއި ސަރުކާރާއި ދެމެދު ހެދިފައިވާ ޑީލެއްގެ ދަށުންނެވެ. ޕީޕީއެމުން ކުރާ މިތުހުމަތު ތަކަށް ބާރުދެނީ ރައީސް ޔާމީން ގެކޮޅުދޮށުގައި ކުރި މުޒާހަރާތަކުގައި އެމްޓީޑީގެ އިސް ސަފްގައި ހަރަކާތްތެރިވާ ބައެއް ފަރާތްތައް ހަރަކާތްތެރިވުމުންނެވެ.
ސިޔާސީ ދެ ހަތުރުންގެ ގޮތުގައި ބެލެވޭ އަދީބާއި ރައީސް ޔާމިން ދެމެދު މައްސަލަ މިހާރު ވެސް ހޫނުވެފައި ވާއިރު، އިދިކޮޅުން ގަބޫލު ކުރާ ގޮތުގައި ސަރުކާރުން އެމްޓީޑީ ބޭނުން ކުރަނީ ޕީޕީއެމް އާއި ރައީސް ޔާމީނަށް ހަމަލާ ދިނުމަށް ގެންގުޅޭ ހަތިޔާރެއް ގޮތަށެވެ.