ސިޔާސީ ފިކުރަކީ ވަޒީފާއެއްގެ އަޅެއް ކަމަށް ސަރުކާރުން ދެކުން ލަދުވެތި: ސިފާޒު
ދެންމެ | 28 މެއި 2023

‏ސިޔާސީ ފިކުރަކީ ވަޒީފާއެއްގެ އަޅެއް ނޫން ކަން ޒުވާން މިއަދު ޖީލަށް ބުނެދީފި ކަމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ އަދި ކުރީގެ އެމްޑީޕީ ނައިބް ރައީސް މުހައްމަދު ސިފާޒު ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓިކް ޕާޓީއަށް ސޮއިކުރުމާއި ގުޅިގެން ސަރުކާރުގެ މަގާމްތަކުގައި ތިއްބެވި ތިން ޒުވާނުން މަގާމުން ވަކި ކުރުމާއި ގުޅިގެން ސިފާޒު ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ ބުއްދިވެރިންނަކީ ގާތަށްވުރެ ދުރު ބަލަން ދަންނަ މީހުން ކަމަށެވެ.

“ސިޔާސީ ޕާޓީއެއްގެ ވިސްނުމާއި ފިކުރަކީ ވަޒީފާއެއް އެކަނި ކަމަށް ދެކިގެންނުވާނެކަން ތިޔަ ހާމަ ކޮށްދެއްވީ މިރާއްޖޭގެ ޒުވާންޖީލުގެ މުސްތަގުބަލަށް ހެޔޮއެދޭތީ. ބުއްދިވެރިންނަކީ ގާތަށްވުރެ ދުރުބަލަން ދަންނަމީހުން.“ ސިފާޒުގެ ޓުވީޓްގައި ވިދާޅުވެފައި ވެއެވެ.

ޑިމޮކްރިޓިކް ޕާޓީއަށް ސޮއި ކުރާ ފަރާތްތައް ސަރުކާރުގެ މަގާމްތަކުން ވަކި ކުރަމުންދާއިރު ޖޭޕީ ހަރަކާތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފިޔަވަޅެއް އަޅަން ނުކެރި ސަރުކާރު ވަނީ ކުޑަ ކަކުލަށް ތިރިވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!