ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒުގެ އަމުރަށް ހިސޯރު ކޮށްފައިވާ މައި ހަރުގޭ ވަގުތީ އަމުރުގެ މައްސަލަ ކުއްލި އަކަށް އެމްޑީޕީން ނަގައިފި އެވެ.
އިތުބާރު މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ އަބުރާ ނަގާފައި ވަނީ ކޯޓްގައި މިއަދު ތާވަލް ވެސް ކޮށްފައި ވަނިކޮށެވެ.
އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ އެމްޑީޕީ މައި ހަރުގެ އެޕާޓީން ހިސޯރުކޮށްފައި ވަނީ ތަން ހުސް ކުރުމަށް ބިމުގެ ވެރިފަރާތުން 45 ދުވަހުގެ ނޯޓިސްއެއް ދިނުމުން ތަން ހުސް ނުކޮށް އެތާގައި ސިޔާސީ ހަރަކާތް ހިންގުމަށެވެ.
ބަގުރޫޓް ފައްޔާޒު ބިމުގެ ވެރިޔާ އާއި ދިމާއަށް އައުގުރާނަ ގޮވާފައިވާއިރު އެމްޑީޕީ މައި ހަރުގެ ހުސްކުރުމަށް އެންގުމުން ވެސް ހަރުގެ ހުސްނުކޮށް ގަދަބާރުން އެތަން ހިސޯރުކޮށްގެން ތިބެ އެތަން ގޭގެ ވެރިފަރާތުން ފޭރިގަތުމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްވެ ހުރެ އެމްޑީޕީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ރަސްމީ މައްސަލަ އަދި ވެސް ދަނީ ހިގަމުން ނެވެ.