އެމްޑީޕީ ރައީސް މުހައްމަދު ނަސީދު މިފަހަރު ކުޑަ ކަކުލަށް ތިރިކޮށްލާނެ ކަމަށް ޑީއާރުޕީ ފަނާ ކޮށްލި މެމްބަރު ރޮޒައިނާ އާދަމް ބުނެފި އެވެ.
ރޮޒައިނާ ބުނީ މިހާރު ނަސީދަކީ ރައްޔިތުންގެ ތެރޭގައި މާބޮޑު ތާއީދެއް އޮތް މީހެއް ނޫން ކަމަށާއި އެމްޑީޕީ މެމްބަރުންގެ ތެރޭގައި ވެސް ނަސީދުގެ މަގުބޫލު ކަމެއް ނެތް ކަމަށެވެ.
އޭނާ ބުނީ އިރެއްގައި ނަސީދަށް ތާއީދު ކުރާ ބައެއް ގައުމުގައި އުޅުނު ކަމުގައި ވީނަމަވެސް އެއީ މިހާރު މާޒީ ކަމަށެވެ.
އޭނާ އިތުރަށް ބުނީ އެމްޑީޕީގެ ފުލް ކޮންޓްރޯލް މިހާރު އޭނާގެ ޓީމަށް އޮތް ކަމަށާއި ރައީސް މައުމޫންގެ ސިޔާސީ ހަޔާތް ފުޑުފުޑު ކޮށްލި ގޮތަށް ނަސީދުގެ ސިޔާސީ ހަޔާތް ފުޑުފުޑު ކޮށްލެވޭނެ ކަން ޔަގީން ކަމަށެވެ.
ގުޅުންހުރި ލިޔުންތައް