އުރަމަތި ބޮޑެތި ހުންނަ އަންހެނުންގެ އުރަމަތި ކުޑަ ކުރުމުގެ އޮޕަރޭސަން އައިޖީއެމްއެޗްގައި ކާމިޔާބު ކަމާއި އެކު ފަށައިފި އެވެ.
އައިޖީއެމްއެޗުން މިކަން އިއުލާން ކޮށްފައިވަނީ ޓުވީޓަކުން ނެވެ.
އެ ހޮސްޕިޓަލުން ކޮށްފައިވާ ޓުވީޓްގައި ބުނެފައި ވަނީ އެ ހޮސްޕިޓަލްގެ ޕްލާސްޓިކް ސާރޖަރީ ޓީމުން ބޮޑު އުރަމައްޗެއް ކުޑަ އުރަމައްޗަކަށް ބަދަލު ކުރުމުގެ އޮޕަރޭސަން ކާމިޔާބު ކަމާއި އެކު ނިންމާލާފައިވާ ކަމަށެވެ.
އައިޖީއެމްއެޗުން ޕްލާސްޓިކް ސާރޖަރީގެ އުރަމަތީގެ މިފަދަ އޮޕަރޭސަނެއް ކާމިޔާބު ކަމާއި އެކު ނިންމާލި މިއީ ފުރަތަމަ ފަހަރެވެ.
ރާއްޖޭގައި ޕްލާސްޓިކް ސާރޖަރީގެ އޮޕަރޭސަންތައް އައިޖީއެމްއެޗުން ކާމިޔާބު ކަމާއި އެކު ފަށާފައި ވާއިރު ދުނިޔޭ ކުރިއަރާގައިވާ ގައުމުތަކުގައި ޕްލާސްޓިކް ސާރޖަރީ ހެދުމަކީ ވަރަށް އާއްމް ކަމެކެވެ.
ގުޅުންހުރި ލިޔުންތައް