ކުޅުދުއްފުށީ ސެންޓަރު މުހައްމަދު ނިޔާވެއްޖެ.
ދެންމެ | 22 މެއި 2022

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އިސް މަގާމުތަކެއް ފުރުއްވި، މުހައްމަދު ހަސަން (49އ) ކުއްލި ގޮތަކަށް މިރޭ ނިޔާވެއްޖެ އެވެ.

މިއަދު ހަވީރު ހިރަފުސް ދަނޑުގައި ފުޓްބޯޅަ ކުޅެން ހުއްޓާ ކުއްލިއަކަށް މުހައްމަދު ހަސަން ވެއްޓުމުން، އެވަގުތު ކުޅެން ހުރި ކޭއާރުއެޗުގެ އެތެރެހަށީގެ ޑޮކްޓަރު ނަޒީފް، މުހައްމަދަށް ވަގުތުން ސީޕީއާރުދީ، ފަރުވާދިނެވެ. އޭނާ ވެއްޓުނީ ބޯޅައެއް ދިފާއުކުރުމަށްފަހު ކަމަށް މަންޒަރު ދުއް މީހުން ކޭއޯއަށް މައުލޫމާތުދިނެވެ.

ކޭއާރުއެޗްގެ އޮފިޝަލަކު ވިދާޅުވީ، މުހައްމަދު ނިޔާވީ ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށްކަމަށެވެ. ބެލެވޭގޮތުގައި އޭނާ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.

މުހައްމަދު ހަސަންއަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އޭނާ ވަނީ އެ ހޮސްޕިޓަލްގެ ވެރިއެއްގެ މަގާމާއި ޒިންމާދާރުވެރިޔާގެ މަގާމު ގިނަ ދުވަހު ފުރުއްވާފަ އެވެ. އޭނާ ނިޔާވިއިރު ހުންނެވީ އެ ހޮސްޕިޓަލްގެ ސީނިއަރ ލެބޯޓްރީ ޓެކްލޮޖިސްޓްގެ މަގާމުގަ އެވެ.

ގުޅުންހުރި ލިޔުންތައް