މުދާ އަރުވައިގެން ދަތުރުކުރާ ޕިކަޕު / ލޮރީ ފަދަ އުޅަނދުތަކުން ވައްކަން ކުރަމުންދާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މުދާ އަރުވައިގެން ދަތުރުކުރަމުންދާ ޕިކަޕު ނުވަތަ ލޮރީ މަގުމަތީގައި މަޑުކޮށްގެން އޮންނައިރު އެ އުޅަނދުތަކުގައި ހުންނަ މުދާ ވަގަށްނަގާ މައްސަތަކެއް ފުލުހުންނަށް ހުށަހެޅެމުންދާ ކަމަށެވެ. ފުލުހުން ބުނީ އެންމެ ފަހުން ރިޕޯޓުކޮށްފައިވާ މިފަދަ މައްސަލައަށް ބަލާއިރު، ވަގަށް ނަގާފައިވަނި ސިނގިރެޓް ކޭސްތަކެއް ކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެހެންކަމުން، މުދާ އަރުވައިގެން ދަތުރުކުރާ ފަރާތްތަކުން މިފަދަ ކަންކަމަށް ސަމާލުކަންދެއްވައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.
ގުޅުންހުރި ލިޔުންތައް