ކަނޑުއަޑީގެ ދުނިޔެއަކީ ނިމުމެއް ނެތް ޝައުގުވެރިކަމުގެ ދާއިރާއެކެވެ. ތަފާތު އަޖައިބުކުރަނިވި ސިފަތަކުގެ މަސްމަހާއި މެހިން ފުރިފައިވާދުނިޔެއެކެވެ.
އެ ދުނިޔެއަކީ ސައިންސްވެރިންނާއި ޝައުގުވެރިންނަށް ވެސް ހައިރާންކަން ގެނެސްދޭ ދުނިޔެއެކެވެ. ފުން ސަރަހައްދުގެ މި ހައިރާންކަމުގެ ތެރެއިން ޓްރާންސްޕޭރެންޓް ގޯބީ (Aphia minuta) ނުވަތަ އެސޮރުގެ އާންމު ނަމުން ނަމަ “ މައްކު “ ފާހަގަކޮށްލެވެނީ އޭގެ ތަފާތު އަދި ޝައުގުވެރި ސިފަތަކާއެކު އާދަޔާ ހިލާފު މަހެއްގެ ގޮތުގައެވެ. ދުނިޔޭގެ އެކި ކަނޑުތަކުން ފެންނަ މި ކުޑަ ކަނޑުގެ މަހަކީ އޭގެ ޚާއްޞަ ހާމަކަން ބޮޑުކަމާއި، ޝައުޤުވެރި ސުލޫކުތަކާއި، ފާހަގަކޮށްލެވޭ އެޑެޕްޓޭޝަންތަކުގެ ސަބަބުން ދިރާސާވެރިންނާއި ކަނޑުއަޑީގެ ކަންކަމަށް ޝައުގުވެރިވާ މީހުންގެ ސަމާލުކަން ހޯދާފައިވާ މަހެކެވެ.
ޓްރާންސްޕޭރެންޓް ގޯބީގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ ގާތްގަނޑަކަށް އެސޮރު މީހުންގެ ލޮލަށް އެއްގޮތަކަށްވެސް ނުފެންނަ ވަރަށް ޓްރާންސްޕޭރަންޓްވާ ސިފައެވެ. އޭގެ ހަށިގަނޑު ގާތްގަނޑަކަށް މުޅިން ހާމަކަން ބޮޑު ކަމުން ފެނުގެ ފަހަތުގައި ގާތްގަނޑަކަށް ނުފެންނަ ގޮތަށްހުރުމުގެ ގާބިލުކަންހުރެއެވެ. މި ފާހަގަކޮށްލެވޭ އެޑެޕްޓޭޝަނަކީ، ޝިކާރަކުރާ މަސްތަކުގެކިބައިން ސަލާމަތްވުމާއި، ފެނުގެ މާހައުލުގައި އެއްވެސް ދަތިކަމެއް ނެތި ފިލައިގެން އުޅެވޭނެ ފުރުސަތެކެވެ.
ޓްރާންސްޕޭރެންޓް ގޯބީ ކަނޑުގެ ގިނަ ސަރަހައްދުތަކެއްގައި ބެހިފައިވާއިރު، އޭގެ ތެރޭގައި އައްސޭރިފަށާއި ހުޅުވިފައިވާ ކަނޑުގެ އިތުރުން ކަނޑުގެ ފުން ސަރަހައްދުތަކުގައި ވެސް ދިރިއުޅެއެވެ. ޓްރާންސްޕޭރެންޓް ގޯބީ އަކީ ހަރަކާތްތެރި މަހެކެވެ. ގިނަ ފަހަރަށް ކުދި ގްރޫޕްތަކެއްގެ ގޮތުގައި ފެންނައިރު، ޝިކާރަކުރާ މަސްމަހާމެހިން ރައްކާތެރިކަމާއި ކާނާ ހޯދުމުގައި އެހީތެރިކަންހޯދަނީ ގްރޫޕްތަކުންނެވެ.. މި މަހުގެ ކެއުމުގައި މުހިންމު ގޮތެއްގައި ހިމެނެނީ ކުދި ކްރަސްޓޭޝިއަންސް އާއި ޕްލެންކްޓަން ކަމުގައި ވާއިރު، މިއީ ވަގަށް ޝިކާރަ ކުރުމުގެ އުކުޅުތައް ބޭނުންކޮށްގެން ކައިއުޅޭމަހެކެވެ.
ޓްރާންސްޕޭރެންޓް ގޯބީގެ ޓްރާންސްޕޭރެންޓް ހަންގަނޑު ދިރާސާކުރުމުން ވެސް ޒަމާނީ ތަކެތި އުފެއްދުމަށް އޭގެ އަސަރުތަކެއް ކޮށްފާނެ އެވެ. މަހުގެ ހާމަކަން ނަކަލު ކުރުމުގެ ގާބިލްކަން ހުރުމުން ކެމޮފްލޭޖް ޓެކްނޮލޮޖީތަކާއި މެޑިކަލް އިމޭޖިން ޓެކްނިކްސް އަށް އާ އުފެއްދުންތަކެއް އުފެދިދާނެ އެވެ.އެހެންކަމުން ސައެންސްވެރިން އަންނަނީ މިމަސް އިތުރަށް ދިރާސާ ކުރަމުންނެވެ.
މިމަސް ހިފައިގެން ބައެއް ގައުމުތަކުގައި ތެލުލައިގެން ކާން ބޭނުން ކުރެއެވެ. އެމީހުން ހާމަކުރާ ގޮތުގައި މިއީ މަދުން ލިބޭ މަހަކަށް ވާތީ މިމަސް ވިއްކަނީ އަގުބޮޑު ކޮށެވެ. އަދި މިއީ ރަހަމީރު މަސްރަހަ ގަދަ މަހެއް ކަމުގައި އެމީހުން ސިފަކުރެއެވެ.