ރާއްޖޭގެ ވިސާއަށް އެދޭއިރު އިންޝުއަރެންސް އާއި މެޑިކަލް ހުށަހަޅަންޖެހޭ.
ދެންމެ | 25 މެއި 2022

ރާއްޖޭގެ ވިސާއަށް އެދޭއިރު ހެލްތުު އިންޝުއަރެންސް ޕޮލިސީއާއި މެޑިކަލް ރިޕޯޓް ހުށަހަޅަންޖެހޭ ގޮތަށް ހަދަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފި އެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ވިސާއަށް އެދޭ އިރު މި މަހުގެ 31 އިން ފެށިގެން ހެލްތު އިންޝުއަރެންސް ޕޮލިސީ އާއި މެޑިކަލް ރިޕޯޓް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ވިސާގެ މުއްދަތު ހަމަވެގެން މުއްދަތު އިތުރުކުރަން އެދޭއިރު ވެސް އެ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށް އމިގްރޭޝަނުން ބުނެއެވެ.

އެގޮތުން އެތަނަށް ހުށަހަޅާ މެޑިކަލް ރިޕޯޓް ވާން ޖެހޭނީ ހެލްތު މިނިސްޓްރީން ބިދޭސީންގެ މެޑިކަލް ހެއްދުމަށް ހުއްދަ ދީފައިވާ ހޮސްޕިޓަލަކުން ނުވަތަ ކްލިނިކަކުން ހަދާފައިވާ ރިޕޯޓަކަށް ކަމަށާއި، އިންޝުއަރެންސަކީ ރާއްޖޭގެ ރިންޝުއަރެންސް ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއްގެ ޕޮލިސީއަކަށް ވެސް ވާން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން ބުނީ ޓޫރިސްޓް ވިސާގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ އިރު އިންޝުއަރެންސް ޕޮލިސީ އާއި މެޑިކަލް ރިޕޯޓް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!