ދަރަނި ނުދެއްވި ރާއްޖެ ރިޒާވް ހުސްވެދާނެ: ޖެޕީ މޯގަން.
ދެންމެ | 25 މެއި 2022
ދުނިޔޭގައި މިހާރު ހިނގަމުންދާ އެކި ކަންކަމާއި ގުޅިގެން ނަގާފައިވާ ދަރަނިތައް ނުދެއްކިދާނެކަމުގެ ބިރު އޮތް ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނޭކަމަށް ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް އިންވެސްޓްމަންޓް ބޭންކް، އެމެރިކާގެ ޖޭޕީ މޯގަންނުން ބުނެފިއެވެ.

ޖޭޕީ މޯގަނުން މިކަން ހާމަކޮށްފައިވަނީ ރަޝިއާ-ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަރާނެ ލޮޅުންތައް ދިރާސާކުރުމަށްފަހު އާއްމު ކުރި ރިޕޯޓެއްގައެވެ.

ޖޭޕީ މޯގަންގެ ދިރާސާއިން ދައްކާގޮތުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގްތިސާދަށް ބޮޑު އަސަރެއް ކުރާނެއެވެ. އެގޮތުން ތަރައްގީވަމުން އަންނަ އިގްތިސާދުތަކުގެ ދަރަނި އަދާކުރަން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެކަމަށާއި މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ މިހާރު ވެސް ދަރަނި ބޮޑު ގައުމުތަކަށް ކަމަށް ޖޭޕީ މޯގަނުން ބުނެއެވެ.

ޖޭޕީމޯގަނުން ބުނާގޮތުން ސްރީލަންކާ ދިޔަ ހާލަތަށް ދިއުން އެންމެ ކައިރި ގައުމުތަކަކީ ލުބުނާން، ސުރިނާމް، ވެނެޒުއޭލާ އަދި ޒެމްބިއާއެވެ.

މީގެއިތުރުން މި ދިރާސާ ބިނާކުރި ގައުމުތަކުގެ ތެރެއިން 50 އިންސައްތަ ގައުމަކީ ދަރަނި ބޮޑުވެ، ދަރަނި އަދާ ނުކުރެވުމުގެ ބިރު އޮތް ގައުމުތައް ކަމަށާއި، އެ ފުރުސަތު އެންމެ ބޮޑު 8 ގައުމުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭކަމަށް ޖޭޕީ މޯގަނުން ބުނެއެވެ. ރާއްޖޭގެ އިތުރުން، ބަހާމަސް އާއި ސެނެގާލް އާއި ރުވަންޑާ އާއި އިތިއޯޕިއާ އަށްވެސް މި ބިރު އެބައޮތްކަމަށް އެ ބޭންކުން ބުނެއެވެ

ގުޅުންހުރި ލިޔުންތައް