ރިސޯޓުތަކުގެ ކުލި ކުޑަ ކުރަން ނިންމި ނިންމުން ސަރުކާރުން އަނބުރާ ގެނެސްފިއެވެ.
ރިސޯޓުތަކުގެ ކުލި ކުޑަކުރުމަށް ސަރުކާރުން ފަތުރުވެރިކަމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަަބަބުން ދައުލަތަށް ގެއްލުންވާނެކަމަށް ވިދާޅުވެ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.
ރިސޯޓުތަކުގެ ކުލި ކުޑަކުރުމަށް ސަރުކާރުން ފަތުރުވެރިކަމުގެ ޤާނޫނަށް އިސްލާހު ހުށަހެޅީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުން ލިބޭ ގެއްލުން ކުޑަކުރުމަށްކަމަށް ބުނެއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެއިސްލާހު އަނބުރާ ގެންނަން ނިންމާފައިވަނީ އިކޮނޮމިކް ކައުންސިލުން މިއަދުބޭއްވި ބައްދަލުވުމުގައެވެ.
ރިސޯޓްތަކުގެ ކުލި ކުޑަ ކުރަން ސަރުކާރުން މަސައްކަތް ކޮށްފައިވާއިރު އެމެރިކާގެ މަސްހޫރު ބޭންކް ވެސް ވަނީ ރާއްޖެ ރިޒާވް ހުސްވެދާނެ ކަމަށް ބުނެފަ އެވެ.
ގުޅުންހުރި ލިޔުންތައް