ރިޔާސީ އިންތިހާބު ވޯޓަށް ކުޑަތަން ވަމުން އަންނަ އިރު އެމްޑީޕީއަށް އޮތް ތާއީދާއި ސަޕޯޓް ފަޑުވެ ރައީސް ނަސީދުގެ ޑިމޮކްރެޓިކް ޕާޓީގެ ތާއީދު އިތުރު ވަމުންދާ ކަމަށް ދިރާސާތަކުން ދައްކައިފި އެވެ.
ޑިމޮކްރިޓުން ކެޑިޑޭޓާއި ރައީސް ނަސީދު ބޮޑު ތިލަދުންމަތީގައި ކެމްޕޭން ކުރައްވަމުން ގެންދާއިރު ރަނިންގ މޭޓާއި ޓީމް ކެމްޕޭން ކުރައްވަމުން ގެންދަވަނީ ބ. އަތޮޅުގަ އެވެ.
އެމްޑީޕީ ރޫޅާ ލައްވާނެ ކަމަށް ވިދާޅުވެ ރައީސް ނަސީދު ކެމްޕޭން ކުރައްވަމުން ގެންދަވާއިރު އެމްޑީޕީ ހަރުކަށި އެކްޓިވިސްޓުން މިހާރު ގެންދަވަނީ އެމްޑީޕީ ދޫކޮށް އެމަނިކުފާނަށް ބައިއަތު ހިފަމުން ނެވެ.
ޑިމޮކްރިޓުންގެ ޓީމްތައް މުޅި ރާއްޖޭގައި ފަތު އަޑު ކިޔާފައި ފެތުރިގެންފައިވާ އިރު ކުރިން އެމްޑީޕީ ތެރޭގައި އޮތް ފޯރި އާއި ޖޯސް މިހާރު ފެންނަމުން ދަނީ ޑިމޮކްރިޓިކްގެ ތެރެއިން ނެވެ.
ރިޔާސީ ކެޑިޑޭޓުންގެ ކެމްޕޭން ޓީމުތަކުން ފޯރީގައި ކެމްޕޭން ކުރަމުންދާއިރު ރައީސް ސޯލިހް އުޅުއްވަނީ ރޯގަލްގެ އާލާސް ކަންފުޅެއްގައި ބަލިވެ އެވެ