މުއްދަތު ހަމަވެފައި ހުރި ވެކްސިން ކުޑަކުދިންނަށް ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހެލްތް މިނިސްޓްރީން ބަލަން ފަށައިފި އެވެ.
މި މައްސަލަ އެންމެ ފުރަތަމަ ގިނަބައެއްގެ ސަމާލުކަމަށް ގެނެސްދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ.
ޓްވިޓާގައި އުސާމް އާންމު ކުރައްވާފައިވާ ފޮޓޯއިން ފެންނަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަށް މުއްދަތު ހަމަވާ ވެކްސިން ފުޅިއެކެވެ.
ވިލިމާލޭ ދާއިރާގެ މެންބަރު ތުހުމަތު ކުރައްވަނީ އެ ބޭފުޅާގެ ދާއިރާގެ ކުޑަކުދިންނަށް ވިލިގިލީ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިވާ ވެކްސިން ދިންކަމަށެވެ.
”ކުޑަކުދިންތަކަކަށް ދުވަސް ހަމަވެފައިވާ ވެކްސިންއެއް ވިލިމާލެ ހޮސްޕިޓަލްގައި ދީފައިވާ ކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން އެބަލިބޭ. މިއީ ވަރަށް ސީރިއަސް މައްސަލައެއް. މިފަދަ ކަމެއް ހިނގާފައިވާ ގޮތެއް ސަރުކާރުން ސާފުކޮށްދޭން ޖެހޭ“ – އުސާމް
ހެލްތެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސް މައްސަލަ ބަލަމުން އަންނަކަމަށެވެ.