ރައީސް ސޯލިހު އުކުޅަހަށް ވަޑައިގެންފި.
ދެންމެ | 27 މެއި 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އއ.އުކުޅަހަށް މިއަދު ވަޑައިގެންފި އެވެ.

އުކުޅަހަށް ރައީސް ވަޑައިގެންނެވުމުން ކައުންސިލް މެމްބަރުންނާއި ގިނަ އަދަދެއްގެ އާންމުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

ރައީސް އުކުޅަހަށް ވަޑައިގެންފައި މިވަނީ ކައުންސިލަރުންނާއެކު ސަރުކާރުން ބާއްވާ، ”ވިޔަވަތި ރާއްޖެ“ މަޝްވަރާ ބައްދަލުވުމުގެ ދެވަނަ ބައިގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވާން ހަމަޖެހިފައިވަނީ މެދު ރާއްޖެތެރޭގެ ހުރިހާ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނެވެ.

މިފަހަރުގެ ބައްދަލުވުމުގައި ލާމަރުކަޒީ ގާނޫނު ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާމެދު މަޝްވަރާކޮށް، އެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ގޮތުގެ ޗާޓެއް އެކުލަވާލަން ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

”ވިޔަވަތި ރާއްޖެ“ ފުރަތަމަ ބައްދަލުވުން ބޭއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކެއްގެ ކައުންސިލަރުން ބައިވެރިވެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!