އެފްއެސްއެމުން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ، އިއްޔެ ރާއްޖެ ގެނެސްފައިވާ ދެ ބާޖަށް ކިޔަނީ، ”އެމްވީ ހުނިކެ“ އަދި ”އެމްވީ ހުނިކެ ބާޖު“ ކަމަށެވެ. އެ ދެ ބާޖުގައި ވެސް ބަދެފައިވަނީ އެއް ޑިޒައިނަކަށް ކަމަށާއި ދެ ބާޖަށްވެސް 260،000 ލީޓަރު ތެޔޮ އެޅޭނެ ކަމަށް އެފްއެސްއެމުން ބުނެއެވެ.
އެފްއެސްއެމުން ރާއްޖެ ގެނައި ދެ ބާޖަކީ 2019 ވަނަ އަހަރު މިސްރުގެ ކުންފުންޏަކާ ބަންނަން ހަވާލުކުރި ހަތަރު ބާޖުގެ ތެރެއިން ދެ ބާޖެވެ. އެ ކުންފުންޏާ ބާޖު ބަނުމުގެ މަސައްކަތް ހަވާލުކުރީ 44 މިލިއަން ރުފިޔާއަށެވެ.
އެފްއެސްއެމުން ބުނެފައިވަނީ ބާކީ ދެ ބާޖު 40 ދުވަހުގެ ތެރޭގައި ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަލަށް ގަންނަ ހަތަރު ބާޖާއެކު އެފްއެސްއެމްގެ ތެޔޮ އުފުލާ ބާޖުތަކުގެ އަދަދު 18 އަށް އަރާނެއެވެ.
ގުޅުންހުރި ލިޔުންތައް