ޑިމޮކްރެޓިކް ޕާޓީގެ ރަނިންގ މޭޓް ހުސެއިން އަމުރް ނިސްބަތްވާ ހުވަދޫއިން އެމަނިކުފާނަށް އޮތް ލޯތްބާއި އަހްވަންތަކަން ހުވަދޫ ރައްޔިތުން ބަންޑުން ކޮށްލައިފި އެވެ.
މިހާރު ހުވަދުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުވަދޫގެ ރަށްރަށުން ގެންދަނީ އަމުރަށް ހޫނު މަރުހަބާއެއް ދަންނަވަމުން ނެވެ.
ރިޔާސީ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު އަމްރް ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީ ބަލިކޮށްލުމަށް ފަހު އިންތިހާބުގެ ދެވަނަ ބުރަށް ދަތުރު ކުރުމަށް ޑިމޮކްރިޓިކުން ދަތުރުކުރާނެ ކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ.
އިންތިހާބު ދެވަނަ ބުރަކަށް ދާނެ ކަން މިހާރު ޔަގީންވެފައިވާއިރު ރައީސް އިބުރޭ ފުރަތަމަ ބުރުން ކެޓުމަކީ ގާތް ކަމެއް ކަމަށް ސިޔާސީ މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ.
ގުޅުންހުރި ލިޔުންތައް