ހައްޖަށް ދާން ކުރިމަތިލުމަށް ހައްޖު ކޯޕަރޭސަނުން ހުޅުވާލައިފި.
ދެންމެ | 28 މެއި 2022

1443 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އާއްމުންނަށް ޚާއްސަ ކުރެވިފައިވާ 100 ކޯޓާއަށް ކުރިމަތިލުމަށް ހައްޖުކޯޕަރޭޝަނުގެ މެމްބަރުންނަށާއި އާންމުންނަށް އާންމުކޮށް ހުޅުވާލައިފިއެވެ.

ހައްޖު ކޯޕަރޭޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި ކޯޓާގައި ހައްޖަށްދާނެ ފަރާތްތައް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި އާއްމުކޮށް ހުޅުވާލައިގެން ނެގޭ ގުރުއަތަކުންނެވެ. އަދި ނެގޭ ގުރުއަތުގައި 100 ޖާގައަށް މީހުން ނެގޭނެ ކަމަށާއި އަދި ވެއިޓިން ކިއުއެއްގެ ގޮތުގައި އިތުރު 25 ޖާގައަށް މީހުން ނަގާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.

މި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76،960 ރުފިޔާ ކަމަށްވެސް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ. މި ކޯޓާތަކުގެ ގުރުއަތުގައި ބައިވެރިވާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 30 މެއި އިން ފެށިގެން 2 ޖޫން ގެ ނިޔަލަށް ކޮންމެ ދުވަހަކު 13:00 އިން 18:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!