ދިރިއުޅުމުގަ ކުރިމަތިވާ ކޮންމެ ތަކްލީފަކީ ވެސް ލައްވަވާ ރަޙްމަތެއް!
ދެންމެ | 26 އޯގަސްޓް 2023

އެއްވެސް މީހަކަށް ދިރިއުޅުމަކީ ފަސޭހަކަމެއް ނޫނެވެ. ފަސޭހަ ދުވަސްތަކަށްވުރެ ދަތި އުނދަގޫ ދުވަސްތައް ގިނަވާނެއެވެ. އެއީ ޖްއްސަވާ ތަކްލީފެއް ނޫނެވެ. ލައްވަވާ ވަރަށް ބޮޑު ރަޙްމަތެކެވެ. ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަށް ދެއްވަވާ ފުރުޞަތެކެވެ.

ދިރިއުޅުމަކީ ދަތި އުނދަގޫ ކަމެކެވެ. ނަމަވެސް ﷲ ތަޢާލާ ފަސޭހަކަން މިންވަރުކުރައްވަވަތެވެ! ހީވެސް ނުކުރެވޭ ކަންކަން މެދުވެރިވެއެވެ! ކޮންމެ ދުވަހަކު އެތައް ބައިވަރު ނިޢުމަތްތައް މިންވަރުކުރައްވަވަތެވެ. ﷲ ތަޢާލާ މަގުދައްކަވަތެވެ!

ދިރިއުޅުމުގައި ގޮންޖެހުންތައް ކުރިމަތިވެއެވެ! ﷲ ތަޢާލާ އެކަންކަމުން ސަލާމަތްކަން ދެއްވަވަތެވެ! އެއްވެސް ތަކްލީފެއް އަބަދަކަށް ނުޖައްސަވަތެވެ. ހިނދުކޮޅަކަށްފަހު ލުއިކޮށް ދެއްވަވަތެވެ.

އަހުރެމެންނަށް އޮތީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދިރިއުޅެން މަސައްކަތްކުރުމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އިތުރުކުރާށެވެ! އެކަލާނގެ ރުހިވޮޑިގަތުން ލިބުމުން އެމީހަކު އަބަދުވެސް ހުންނާނީ އުފަލުންނެވެ. ދަތިޙާލުގައިވެސް އަދި ހިތްދަތިކަމުގައިވެސް އެމީހާ ހުންނާނީ އުފަލުންނެވެ. އިން ޝާ ﷲ

ވިސްނައިލާށެވެ! ދުނިޔޭގެ އާބާދީ މިވަނީ 7 ބިލިއަނަށް އަރައިފައެވެ. އެކަމަކު ކޮންމެ މީހެއްގެ ހުރިހާ ކަންކަން ﷲ ތަޢާލާ ވަޤުތުން ބައްލަވައިވޮޑިގެންވެއެވެ. ދެކެދެނެވޮޑިގެންވެއެވެ. ވީމާ އަހުރެމެންނަށް އޮތީ އަމަލުތައް ސީދާކުރަން މަސައްކަތްކުރުމެވެ. އެއިރުން އެމީހަކަށް ޘާބިތުކަން ދެއްވަވާނެތެވެ!

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!