ވިލުފުށީ ފެނަކައިގެ އެސިސްޓެންޓް މެނޭޖަރ ޑިމޮކްރެޓިކުންނާއި ގުޅިއްޖެ
ދެންމެ | 29 އޯގަސްޓް 2023

ވިލުފުށީ ފެނަކަ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރ އާދަމް ވަހީދު މިއަދު ޑިމޮކްރެޓިކް ޕާޓީ އާއި ގުޅިވަޑައިގެންފި އެވެ.

އާދަމް ވަހީދު އެޕާޓީ އާއި ގުޅިވަޑައިގެންނެވީ ޑިމޮކްރެޓިކް ޕާޓީގެ ރަނިންގ މޭޓް އަމްރް މިއަދު ވިލުފުއްޓަށް ވަޑައިގަތުމުން ބޭއްވި ކުޑަ ރަސްމިއްޔާތެއްގަ އެވެ.

އާދަމް ވަހީދު އެޕާޓީ އާއި ގުޅިވަޑައިގެންނެވި އިރު އެރަށު ކައުންސިލް ރައީސް ޖަބީނު ވެސް ވަނީ ޑިމޮކްރެޓިކް ޕާޓީގެ ކެމްޕޭނަށް ނިކުމެ ވަޑައިގެންފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!