މަބުރޫކުގެ ހަށިގަނޑަށް މިހެދީ ކިހިނެއް؟
ދެންމެ | 28 މެއި 2022

ކޮވިޑްގެ އާލަމީ ވަބާގައި ރައްޔިތުންގެ ހިތްތަކުން ޖާގަ ހޯދި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކު އަޒީޒަށް ދިވެހިން ޖެހިފައި ވަނީ އާދައިގެ ލޯތްބަކާއި ކެކުޅުމެއް ނޫނެވެ. މަބުރޫގެ ހެއަރ ސްޓައިލަށް އަންނަ ބަދަލާއި ހެދުން އަޅާ ގޮތަށް ވެސް ރައްޔިތުން ހާއްސަ ސަމާލުކަމެއް ދީފި އެވެ.

ޓީވީން މަބުރޫކު ފުރަތަމަ ފެންނަން ފެށި އިރު ޗަބީ ގޮތެއް ހުރި ނަމަވެސް މިހާރު މަބުރޫކުގެ މުޅި ހަށިގަނޑު ވަނީ އެފުއް މިފުށަށް ޖަހާލައި ހިއްކާލާފަ އެވެ. ވާހަކަ ދެއްކުމުގައި ވެސް ޖާޒުބީ އަސަރުގަދަ ގޮތެއް ހުންނަ މަބުރޫކުގެ ފޮޓޯތަކެއް މިހާރު ވަނީ ސޯސިއަލް މީޑިޔާގައި ދައުރުވާން ފަށާފަ އެވެ. މަބުރޫގެ ވަރަށް ކުޑައިރުގެ ފޮޓޯއެއް ވެސް ވަނީ ސޯސިއަލް މީޑިޔާގައި ދައުރުވެފަ އެވެ.

ތައިލެންޑް ބޭކަބަލަކާއި ކައިވެނި ބައްލަވައި ގަތުމަށް ފަހު މީޑިޔާ އާއި ވަރަށް ބޮޑަށް ދުރުގައި އުޅުއްވުމަށް ފަހު އާއްމުންނަށް މަބުރޫކު ފެނިގެން ދިޔަ އިރު މިހާ ހުރީ މުޅިން ލޫޅާފަތިވެ އަނަރޫފަ ވެފައި ކަމަށް މީހުން ބުނެ އެވެ.

ގިނަ ދުވަސްތަކެއް އާއްމުންގެ ލޯތަކަށް މަބުރޫކު ގެއްލުމަށް ފަހު ބަދަލުގެ ފުށުމާއި އެކު މަބުރޫކު ފުރަތަމަ ފެނިލުން ފާހަގަ ކުރެވިގެން ދިޔައީ ރައީސް ސޯލިހް މުލިއާގޭގައި މީޑިޔާގެ ފަރާތްތަކަށް ދެއްވި ރޯދަވީއްލުމެއްގެ ތެރެއިން ރޯދަ މަހުގެ ފަހު ދިހައިގެ ފަހުކޮޅުގަ އެވެ. އަދި މިދިޔަ ހަފްތާގައި ފެނިގެންދިޔަ އިރު މިހާރު މަބުރޫކުގެ ލޫޅާފަތިކަން އިހްނަށްވުރެ ބޮޑުކަމަށް މަންޒަރުދުއް މީހުން ބުނެ އެވެ.

މައުލޫމާތު ސާފުކޮށްލުމަށް މަބުރޫކަށް ގުޅާލަން ކުރި މަސައްކަތް ނާކާމިޔާބު ވީނަމަވެސް އޭނާގެ ބައެއް ފަރާތްތަކުން ބުނީ މަބުރޫކުގެ ހަށިގަނޑަށް ގެނެސްފައިވާ ބަދަލަކީ ވަރަށް ހިތްވަރުގަދަ ބުރަ މަސައްކަތުގެ ރަމްޒެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަބުރޫކު ވަނީ ހަށިގަނޑަށް މިބަދަލު ގެނައުމަށް އާދަޔާ ހިލާފް ހަރުކަށި ޑައިޓެއް ނެންގެވުމުގެ އިތުރުން ޕާރސަނަލް ޖިމް އިނިސްޓެކްޓަރަކާއި އެކު 3 މަސް ދުވަސް މެދު ކެނޑުމެއް ނެތި ހޭދަ ކުރައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!