މުޅި ރާއްޖޭގައި 75000 ގެސްޓް ހައުސް ބިނާ ކުރާނަން: އިލްޔާސް
ދެންމެ | 03 ސެޕްޓެމްބަރ 2023

މުޅި ރާއްޖޭގައި 75 ހާސް ގެސްޓް ހައުސް ބިނާކޮށް އާއްމް ރައްޔިތު މީހާގެ ޖީބު ފުރާލާނެ ކަމަށް ޑިމޮކްރެޓިކް ކެޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

އެކަން ކުރައްވާނެ ޕްލޭންތައް ވެސް އޭނާ ހިއްސާކުރެއްވި އެވެ. އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ 75،000 ގެސްޓްހައުސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅޭނެ ގޮތް ހެދުމެވެ. އަދި ޓިކެޓް އަގު އެއް ހަމަ ކުރުމާއި ރިސޯޓް މުވައްޒަފުންގެ މިނިމަމް ވޭޖްގެ ފަރަގު ކުޑަކުރުމާއި ސާވިސް ޗާޖު ފުރިހަމައަށް ލިބޭނެ ގޮތް ހަދަން އިލްޔާސްގެ ޕްލޭންގައިވެ އެވެ.

 

ހަމައެއާއެކު، އިލްޔާސް ފާހަގަ ކުރައްވާ ގޮތުގައި އޭނާގެ ”ފަސޭހަ ވިޔަފާރި“ ޕޮލިސީގެ ދަށުން ވެސް ޒުވާނުންނަށް އަލަށް ވިޔަފާރިތައް ފެށުމަށް ގިނަ ފުރުސަތުތަކެއް ދޭނެ އެވެ. އަތުގައި ލޯ ލާރިއެއް ނެތަސް، މޯގޭޖްކުރާނެ އެއްޗެއް، އިކުއިޓީއެއް ނެތް ނަމަވެސް، ވިޔަފާރި ޕްރޮޕޯސަލް ހުށަހެޅުމުން ފައިނޭންސް ހަމަޖައްސައިދޭނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ފޯރިގަދަވެފައި ވާއިރު އިލްޔާސް ވަނީ ދެވަނަ ބުރު ކަށަވަރު ކުރައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!