ލ. އަތޮޅު ގަމަކީ ބަގުރޫޓް ފައްޔާޒުގެ ތަރިކަ މުދަލެއް ކަމަށް ބަލައިގެން އުޅެނިކޮށް އެމްޑީޕީ ކައުންސިލްގެ ނައިބް ރައީސް އާއި ގިނަ އަދަދެއްގެ ޒުވާނުން ޕީޕީއެމް އާއި ގުޅިއްޖެ އެވެ.
ޕީޕީއެމްގެ ރިޔާސީ ކެޑިޑޭޓް ގަމަށް ކުރަމުންދާ ދަތުރުފުޅުގައި ޕީޕީއެމް އާއި ގުޅުނު ފަރާތްތަކުގެ ފޯމާއި ހަވާލުވެ ވަޑައިގެންނެވީ ޕީއެންސީގެ ރިޔާސީ ކެޑިޑޭޓް މުއިއްޒެވެ.
ގަމަކީ އަބަދު ވެސް އެމްޑީޕީގެ ތާއީދު ބޮޑު ރަށެކެވެ. އެހެންނަމަވެސް މިއަދު ވަނީ އެރަށުގެ ހާލަތު ބަދަލުކޮށްލާފަ އެވެ.
ގުޅުންހުރި ލިޔުންތައް