ފައްޔާޒުގެ އަމުރަށް ނައިފަރުގައި ޑިމޮކްރެޓިކް ޕޯސްޓަރުތަކަށް އެމްޑީޕީ ބަޔަކު ގެއްލުން ދީފި
ދެންމެ | 04 ސެޕްޓެމްބަރ 2023
ޅ.ނައިފަރުގައި ހުރި ދަ ޑިމޮކްރެޓްސްގެ ކެމްޕެއިން ޕޯސްޓަރުތަކަށް އެމްޑީޕީ އެކްޓިވިސްޓުން ގެއްލުން ދިނުމުން ރަށުގެ މަސްލަހަތު ވަރަށް ބޮޑަށް ގޯސްވެއްޖެއެވެ.

އެމްޑީޕީ މީހުން ގެއްލުން ދީފައިވަނީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް އަދި ރަނިންމޭޓު ހުސެއިން އަމްރުގެ ފޮޓޯޖެހި ޕޯސްޓަރުތަކަކަށެވެ. އެކަމާ ގުޅިގެން ޑިމޮކްރެޓްްސް ބައެއް މީހުން ވަނީ އެމްޑީޕީގެ ބައެއް ދިދަފަތިތައް ބުރިކޮށްލައި އެމްޑީޕީގެ ތަކެއްޗައްވެސް ގެއްލުން ދީފައެވެ.

 

އެކަމާ ގުޅިގެން މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު އާންމުވެފައިވާ ވީޑިއޯތަކުން ދެ ޕާޓީ މީހުން އެކަކު އަނެކަކަށް ޒުވާބު ކުރާ މަންޒަރު ފެނެއެވެ.

މީގެ ކުރިންވެސް އެމްޑީޕީގެ އެކްޓިވިސްޓުން އެހެން ޕާޓީތަކުގެ ތަކެއްޗަށް ގެއްލުންދޭ މައްސަލަ ވަނީ ފެންމަތިވެފައެވެ. އަދި ފުލުހުން މެދުވެރިކޮށްވެސް އެހެން ޕާޓީތަކުގެ ޕޯސްޓަރުތަކާ ބެނާތައް ސަރުކާރުން ދަނީ ނަގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!