ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ގެކޮޅުގައި ދަމާފައިހުރި ”އިންޑިއާ އައުޓް“ ބެނާ ނެގުމަށް އެ ގެއަށް ވަނުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ބާތިލްކޮށްފިއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ފުލުހުން އެ ބެނާ ނެގީ ކޯޓު އަމުރެއްގެ ދަށުން ރައީސް ޔާމީންގެ ގެކޮޅު، ހ. ދޫވެއްސަށް ވަނުމަށްފަހުގައެވެ.
ހ. ދޫވެއްސައް ވަނުމަށް ފުލުހުންގެ އެދުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު, ބާތިލްކޮށްދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅުއްވީ ރައީސް ޔާމީނެވެ.
މާލޭގެ އެކި އެކި ގޭގޭގައި ނަނގާފައި ހުރި އިންޑިޔާ އައުޓުޖަހާފައި ހުރި ބެނާތައް ފުލުހުން ނަނގާފައި ވަނީ ކޯޓު އަމުރަކާއި އެކުގަ އެވެ.
އިންޑިޔާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައިގައި އިދިކޮޅު ކުރިއަށް ގެންދާ ހަރަކާތުގައި ބައިވެރިވި ކަމަށް ބުނެ އިންޑިޔާ އައުޓު ބެނާ ދެމި ބައެއް ގެތަކުގެ ވެރިން ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.