ކެލާގައި ދަނޑުވެރިކަމުގެ ކާރުހާނާއެއް ގާއިމްކޮށް، ދިއްދޫގައި މަސްވެރިކަމުގެ ކާރުހާނާއެއް ގާއިމް ކުރާނަން: އަމްރް
ދެންމެ | 06 ސެޕްޓެމްބަރ 2023

ދަނޑުވެެރިކަމުގެ އުފެއްދުންތައް ތައްޔާރު ކުރާ ކާރުހާނާއެއް ކެލައިގައި ގާއިމްކޮށް މަސްވެރިކަމުގެ އުފެއްދުންތައް ގާއިމް ކުރާ ކާރުހާނާއެއް ދިއްދޫގައި ގާއިމް ކުރައްވާނެ ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ރަނިންގ މޭޓް ހުސެއިން އަމްރް ވިދާޅުވެއްޖެ އެވެ.

ކެމްޕޭންގައި އެޕާޓީގެ ސިޔާސަތު ހާމަ ކުރެއްވަމުން އަމްރް ވިދާޅުވީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

– ކެލައަށް ލައިޓް މެނުފެކްޗަރިން ކާރުހާނާއެއް.

ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ވެލިއު އެޑްކޮށް އެއިން އެކު ބާވަތްތައް އުފައްދާ އަމިއްލަ ފަރާތްތަކަށް ދަނޑުވެރިކަމުގެ އުފެއްދުންތައް ޕްރޮސެސްކޮށް ޕެކްކޮށް ލޭބަލް ކުރެވޭނެ ވަސީލަތްތަކާ އެކު ލައިޓް މެނުފެކްޗަރިން ޕްލާންޓެއް ގާއިމްކުރާނެ ކަމަށް މެނިފެސްޓޯގައި ބުނެފައިވެ އެވެ.

 

– ދިއްދުއަށް ލައިޓް މެނުފެކްޗަރިން ކާރުހާނާއެއް.

މަސްކައްކާ ހިއްކާ އަދި ވެލިއު އެޑްކޮށްގެން މަހުން އެކި ބާވަތްތައް އުފައްދާ އަމިއްލަ ފަރާތްތަކަށް މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮސެސްކޮށް ޕެކްކޮށް ލޭބަލްކުރެވޭނެ ވަސީލަތްތަކާ އެކު ލައިޓް މެނުފެކްޗަރިން ޕްލާންޓެއް ދިއްދޫގައި ގާއިމް ކުރުމަށް ވެސް ނިންމާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!