ހުވަދޫގައި ވެސް މަސްވެރިކަމުގެ ކާރުހާނާތަކެއް ގާއިމް ކުރައްވާނެ ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ރަނިންގ މޭޓް ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
ކެމްޕޭންގައި ހުވަދުއަށް ކުރައްވި ދަތުރުފުޅުގައި ތިނަދޫގައި ހުންނަވައިގެން އަމްރު ވިދާޅުވީ ހުވަދުއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަހަށް ހަމަ އަގު ނުލިބުމުގެ އިތުރުން މަސްކޮޅު ކިރޭނެ ގޮތެއް ނެތުން ކަމަށެވެ.
ތިނަދޫ އާ ހުވަދޫ މަސްވެރިންނަށް އަމްރު ދޭ ޔަގީން @HusenAmr #IlliAmr2023 pic.twitter.com/ekhn5d7kpS
— Luke (@lucasjalyl) September 7, 2023
އަމްރު ވިދާޅުވީ ހުވަދުއަކީ މަސްވެރި އާބާދީއެއް އޮންނަ ސަރަހައްދެއް ކަމަށާއި މަސްވެރިކަމުން ނަފާ އިތުރު ކުރުމަށްޓަކައި ގިނަ މަސްފެކްޓަރީތަކެއް ގާއިމް ކުރާނެ ކަމަށެވެ.
އަމްރް ވިދާޅުވީ ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމުގައި އެކަން ބަދަލު ކުރައްވާނެ ކަމަށާއި މަސް ގަންނަ އެންމެ ދަށް އަގަކީ 25 ރުފިޔާ ކަމަށް ކަނޑައަޅުއްވާނެ ކަމަށެވެ.